އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ ޝާހިދު މަގާމުން ވަކިކޮށްފި
6 އޭޕްރީލު 2026 - 18:55

އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝާހިދު ވެސް މިރޭ މަގާމުން ވަކިކޮށްފި އެވެ.
ދައުލަތުގެ ކުންފުނިތަކަށް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން އައްުޔަންކޮށް ވަކިކުރަނީ އެ ކުންފުންޏެއްގެ ބޯޑުން ފާސްކޮށްގެންނެވެ.

Ad by Hajj Corporation
އެހެންވެ، ފެން ކުންފުނީގެ ބޯޑު މިރޭ ބާއްވައި، މިދިޔަ އަހަރުގެ އަޮގަސްޓް މަހު އެ މަގާމަށް އައްޔަންކުރި ޝާހިދު ވަކިކޮށްފައިވާ ކަމަށް މައުލޫމާތު އެނގޭ ބޭފުޅަކު "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ. އެކަމަކު ސަބަބެއް ވިދާޅެއް ނުވެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ އެކު، ދައުލަތުގެ އެކި ކުންފުނިތަކުގެ އެމްޑީގެ މަގާމުން ބައެއް ބޭފުޅުން މިއަދު ވަނީ ވަކިކޮށްފަ އެވެ.
އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ މެނޭޖިން ޑިރެކްޓަރު ހުސައިންދީދީ ހިމެނެ އެވެ. އަދި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ ސަރުކާރުން އަންގައިގެން މިރޭ އިސްތިއުފާ ދެއްވައިފަ އެވެ.
ނަމަވެސް މި ބަދަލުތަކުގެ ތެރެއިން ވަކިކުރި ހަމައެކަނި ޑީއެމްޑީއަކީ އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ ޝާހިދެވެ.
އިންތިހާބުގެ ނާކާމިޔާބީއާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ކަންކަން އިސްލާހު ކުރައްވާނެ ކަމަށެވެ.

.jpg&w=3840&q=75)
