logo
Bank of Maldives

Bank of Maldives

ކުޅިވަރު

ނަތީޖާ ތަފާތުބޮޑު ނަމަވެސް ޓީމު އިސްދަށަށް ޖަހަންޖެހޭ ސަބަބެއް ނެތް: ކޯޗު ސުޒެއިން

އިސްމާޢިލް ރާތިޢު
13 ޖެނުއަރީ 2026 - 10:29
ނަތީޖާ ތަފާތުބޮޑު ނަމަވެސް ޓީމު އިސްދަށަށް ޖަހަންޖެހޭ ސަބަބެއް ނެތް: ކޯޗު ސުޒެއިން

މިހާރު ކުރިއަށްދާ ސާފް ވިމެންސް ފުޓްސެލް ޗެމްޕިއަންޝިޕުގައި އިންޑިއާ އަތުން ތަފާތުބޮޑު ނަތީޖާއަކުން ރާއްޖޭގެ ޓީމު ބަލިވިނަމަވެސް، ޓީމު އިސްދަށަށް ޖަހަންޖެހޭ ސަބަބެއް ނެތްކަމަށް ތަޖުރިބާކާރު ކޯޗު ޢަލީ ސުޒެއިން ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސުޒެއިން ވިދާޅުވީ، މިއަދު ސާފް ވިމެންސް ފުޓްސެލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ޓީމުގެ ނަތީޖާއަކީ ކުރިއަށްދިއުމަށް ލިބުނު ފުރުސަތުތަކުގެ ފެށުމެއް ކަމަށާއި، ދިވެހި ޓީމު އިސްދަށަށް ޖަހަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސުޒެއިން ވިދާޅުވީ، ކުރިމަގުގައި ކާމިޔާބު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ގިނަ ނަމަވެސް، ކާމިޔާބާ ހަމައަށް ވާސިލު ވެވޭނެކަމަށާއި ތައްޔާރުވާންވީވެސް އެކަމަށް ކަމަށެވެ.

ސުޒެއިން ފާހަގަކުރެއްވި ގޮތުގައި ރާއްޖެ ފުޓްސެލް އިން ކުރިއެރުމަށް ކުރަންޖެހޭ އެންމެ ފުރަތަމަ ކަމަކީ ފުޓްސެލް ކޯޓެއް ތަރައްގީކުރުން ކަމަށެވެ. މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމުގެ ކޯޗުގެ އިތުރުން އޮފިޝަލުންގެ މަސައްކަތްވެސް ފެނުނީ ވަރަށް ފުރިހަމައަށް ކަމަށް ސުޒެއިން ވިދާޅުވިއެވެ. އަދި މިއަދުގެ މެޗުގައި ރާއްޖޭގެ އަންހެން ފުޓްސެލް ތީމުން ކާމިޔާބުކުރި ފުރަތަމަ ގޯލު ފެނިގެންދިއުމަކީ ލިބުނު އުފަލެއް ކަމަށް ސުޒެއިން ވިދާޅުވިއެވެ. އަދި މި ލަނޑު ކާމިޔާބުކުރި މަރިޔަމް ނޫރާއަށް، ސުޒައިން މަރުހަބާދެންނެވިއެވެ.

ސުޒެއިންގެ ޕޯސްޓު ނިންމާލައްވާފައިވަނީ، ކުރިއަށްހުރި މެޗުތަކުގައި ރާއްޖޭގެ ޓީމަށް ކާމިޔާބަށް އެދިލަައްވަމުންނެވެ.

މިއަދުގެ މެޗުގައި އިންޑިއާއިން ރާއްޖޭގެ މައްޗަށް ކުރިހޯދާފައި ވަނީ 11-1 ގެ ބޮޑު ތަފާތަކުންނެވެ. މެޗުގައި އެންމެ ގިނަ ގޯލު ކާމިޔާބުކޮށްފައި ވަނީ ހަތަރު ގޯލު ކާމިޔާބުކުރި، އިންޑިއާގެ ޒުވާން ގައުމީ ޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޚުޝްބޫ ޝަރޯޖެވެ. އޭނާގެ އިތުރުން އިންޑިއާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މިތީލާ ރަމާނީއާއި ރިތިކާ ސިންގްގެ އިތުރުން ސޮނާލީ މޮންޑާލް އަދި ނިޝްކާ ޕްރަކާޝްއެވެ.

ރާއްޖޭގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ލިބުނު ކޯނަރަކުން، މަރިޔަމް ނޫރާއެވެ.

މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ބަލިވިއިރު، ރާއްޖެއިން ދެވަނަ މެޗުގައި ނޭޕާލާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ތިންވަނަ މެޗުގައި ރާއްޖެއިން ބޫޓާނާ ދެކޮޅަށް 21 ވަނަ ދުވަހު ނުކުންނައިރު 24 ވަނަ ދުވަހު ސްރީލަންކާއާ ދެކޮޅަށް ނުކުންނާނެއެވެ. އަދި ފަހު މެޗުގައި ރާއްޖެއިން 25 ވަނަ ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަތީޖާ ތަފާތުބޮޑު ނަމަވެސް ޓީމު އިސްދަށަށް ޖަހަންޖެހޭ ސަބަބެއް ނެތް: ކޯޗު ސުޒެއިންކުޅިވަރު | 3 ގަޑިއިރު ކުރިންދަގަނޑޭގެ ކުޅުމެއް ބަލާލަން ކެތްމަދުވެފައި ތިބި ސަޕޯޓަރުންނަށް ކޯޗު ސުޒެއިން މިދެނީ އުފާވެރި ހަބަރެއް ކުޅިވަރު | 20 ދުވަސް ކުރިންބްރޭކަށް ދިޔައިރު ރަނގަޅުކުރަން ބޭނުންވި ގިނަ ކަންކަން ޕޮޒިޓިވްކޮށް ދިޔަ: ސުޒެއިންކުޅިވަރު | 3 މަސް ކުރިންރަސްވާދަ: ދެ ކޯޗުންގެ ވިސްނުންވެސް ހުރީ ލެގަސީ ދަމަހައްޓަން، ވަރަށް ވާދަވެރިވާނެކުޅިވަރު | 3 މަސް ކުރިން