logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެޗު ނިމެނީ ހަތަރު ގޯލު ޖެހީމައެއް ނޫން؛ ރެފްރީ ކަށިގަނޑު ފުމުމުން!

އިސްމާޢިލް ރާތިޢު
20 ޖެނުއަރީ 2026 - 09:30
މެޗު ނިމެނީ ހަތަރު ގޯލު ޖެހީމައެއް ނޫން؛ ރެފްރީ ކަށިގަނޑު ފުމުމުން

މެޗުގެ ބޮޑުބައި ހިފަހައްޓައިގެން ކުޅުނު ނޭޕާލް ސިއްސުވާލުމަށްފަހު، ޕާކިސްތާނުން މެޗުގެ ފަހު ވަގުތު ނަތީޖާ ހަމަހަމަކޮށް، ޕޮއިންޓެއް ހޯދައިފިއެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ މިއަދުގެ ފުރަތަމަ މެޗުގައި ޕާކިސްތާނާއި ނޭޕާލް ބައްދަލުކުރި މެޗު ނިމުނީ 4-4 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. ނަމަވެސް، ނޭޕާލުން މެޗުގެ ފުރަތަމަ މިނެޓުން ފަށައިގެން، 4 ވަނަ ގޯލު ޖެހުމާ ހަމައަށް ހުއްޓުމެއް ނެތި ޕާކިސްތާނުގެ ގޯލަށް ނުރައްކާކުރަމުން ގެންދިޔަކަން ފާހަގަކުރެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ މިނެޓުގައި ނޭޕާލަށް ލިބުނު ކިކް-އިން އަކުން، ކެޕްޓަން ބިޖޭ ޝްރެސްތާ ދިން ޕާހަކުން އެޓީމުގެ ފުރަތަމަ ގޯލު ޖަހައިދީފައިވަނީ ބިކްރަންތު ރާނާ އެވެ. ކެޕްޓަން ބިޖޭ ފޮނުވާލެ ބޯޅައެއް ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް ވަނުމުގެ ފައިދާ ނަގައިގެން މެޗުގެ 19 ވަނަ މިނެޓުގައި ނޭޕާލްގެ 2 ވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ބިކްރަންތެވެ.

ދެވަނަ ހާފު ފެށިގެން ގިނައިރު ތަކެއް ނުވެ، ޕާކިސްތާނުގެ ޑިފެންސްގައި އެޓީމުގެ ނިސާރު ހުސައިންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ، ނޭޕާލްގެ ޖެނީޝް ޕްރަޖަޕަތީ ވަނީ އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. ނަމަވެސް އޭގެ މިނިޓެއް ފަހުން، ޕާކިސްތާނުގެ މުޙައްމަދު އިލްހާމް ވަނީ އެޓީމުގެ ފުރަތަމަ ގޯލު ޖަހައިދީފައެވެ. މިއީ، ޓީމުގެ އެންމެ ފަހަތުން ކީޕަރު ފެށި ކައުންޓަރ-އެޓޭކެއް ހިފައިގެން ގޮސް، ޓީމުގެ ހުރިހާ ކުޅުންތެރިންގެ ކަހަލަ ގޮތަކަށް ބައިވެރިވުން އޮވެގެން ޖެހި ހިތްގައިމު ޓީމް ގޯލެކެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ނޭޕާލްގެ ސޫރަޖް ގުރުންގް، ޓީމުގެ 4 ވަނަ ގޯލު ޖެހި ހިސާބުން މެޗުގެ މުޅި އޮއިވަރު ދިޔައީ ބަދަލުވެގެންނެވެ. އޭގެ ފަހުން ފެނިގެންދިޔައީ ޕާކިސްތާނު ޓީމުން ދެ މިނިޓު ތެރޭ ދެ ގޯލު ޖަހާ، ފަރަގު ކުޑަކޮށްފައެވެ. މި ދެ ގޯލު ޕާކިސްތާނަށް ކާމިޔާބުކޮށްދީފައި ވަނީ ނިސާރު ޙުސައިން އަދި އާސިފް އަޙްމަދު ޗޯދްރީއެވެ. އަދި އޭގެ އެންމެ 3 މިނިޓު ފަހުން ޕާކިސްތާނުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މި މެޗުގެ އޮއިވަރު އެނބުރިގެން ދިޔަގޮތުން ޓީމުތައް ވިސްނަންޖެހޭ މުހިންމު ކަމެއް އެބައޮތެވެ. ކިތަންމެ ގިނަ ގޯލެއް ޖެހުނަސް މެޗެއް ނުނިމޭނެއެވެ. މެޗު ނިމޭނީ ވަގުތު ހަމަވުމުން، ރެފްރީ ކަށިގަނޑު ފުމުނީމައެވެ. އެހާ ހިސާބަށް، ދޫދިނުމެއް ނެތި އެއް ވާނެއްގައި ކުޅުން މުހިންމެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެޗު ނިމެނީ ހަތަރު ގޯލު ޖެހީމައެއް ނޫން؛ ރެފްރީ ކަށިގަނޑު ފުމުމުންކުޅިވަރު | 2 ގަޑިއިރު ކުރިންރާއްޖެ ޓީމު ކުޅުން ރަނގަޅުކުރިނަމަވެސް ތިންވަނަ މެޗުންވެސް ބަލިވެއްޖެކުޅިވަރު | 3 ދުވަސް ކުރިންއިންޑިއާއިން ފަރުބަދަމަތީ ނޭޕާލް ހަމަބިމަށް ތިރިކޮށްފިކުޅިވަރު | 3 ދުވަސް ކުރިންބޫޓާން އޯވަރ-ކޮންފިޑެންޓްވެ، ބަންގާޅުން ފަހުވަގުތު އެޓީމު ސިއްސުވާލައިފިކުޅިވަރު | 3 ދުވަސް ކުރިން