logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިންޑިއާއިން ފަރުބަދަމަތީ ނޭޕާލް ހަމަބިމަށް ތިރިކޮށްފި

އިސްމާޢިލް ރާތިޢު
17 ޖެނުއަރީ 2026 - 11:56
އިންޑިއާއިން ފަރުބަދަމަތީ ނޭޕާލް ހަމަބިމަށް ތިރިކޮށްފި

ތައިލެނޑުގައި މިހާރު ކުރިއަށްދާ ސާފް ވިމެންސް ފުޓްސެލް ޗެމްޕިއަންޝިޕްގައި، އިންޑިއާ އަދި ނޭޕާލް ބައްދަލުކުރި މެޗު، ތަފާތުބޮޑު ނަތީޖާއަކުން އިންޑިއާ ކާމިޔާބުކޮށްފިއެވެ.

މެޗު އެއްކޮށް ޑޮމިނޭޓްކޮށްގެން ކުޅުނު އިންޑިއާ އިން ނޭޕާލްގެ މައްޗަށް ކުރިހޯދާފައިވަނީ 8-1 ގެ ނަތީޖާއަކުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުބާރާތުގައި އިންޑިއާ ކުޅުނު ދެވަނަ މެޗުން ބަންގްލަދޭޝް އަތުން ބަލިވުމުން، މި މެޗުގައި އެޓީމުގެ ކުޅުން ބޮޑުތަނުން ރަނގަޅުކުރުމަށް ހިފާފައިވާކަން، މެޗުގެ ކުރީކޮޅުންވެސް ހާމަވެގެންދިޔައެވެ. އިންޑިއާގެ ފުރަތަމަ ގޯލު، މެޗުގެ 4 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، މި މެޗުގައި 4 ގޯލު ޖެހި، ދިތީ ކަމްލޭޝް ކަނުންގޯއެވެ. މި ގޯލުޖެހިތާ އިރުކޮޅެއް ފަހުން ދިތީ ވަނީ އިންޑިއާގެ ދެވަނަ ގޯލުވެސް ޖަހާފައެވެ.

އޭގެ 4 މިނެޓު ފަހުން، މެޗުގެ 8 ވަނަ މިނެޓުގައި އިންޑިއާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައިވަނީ ނިޝްކާ ޕްރަކާޝްއެވެ. އިންޑިއާގެ 4 ވަނަ ގޯލަކީ، އެޓީމުގެ ހާފު ތެރެއިން ރިތިކާ ސިންހް ފޮނުވާލި ބޯޅައެއް، ދިތީ ފައިގައި ޖެހިފައި ވަތް ގޯލެކެވެ. އޭގެ ތިން މިނެޓު ފަހުން އޭނާ ވަނީ، މެޗުގައި އޭނާ ޖެހި 4 ވަނަ ގޯލުވެސް ޖަހާފައެވެ.

މި މެޗުގައި ނޭޕާލުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މަނީޝާ ތާޕާ މަގަރް އެވެ.

މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 5-1 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ހާފުގެ ގޯލުތަކަށް ބަލާއިރު، އިންޑިއާގެ 6 ވަނަ ގޯލު، ހާފް ފެށިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ރިތިކާ ސިންހް އެވެ. އޭގެ ދެ މިނެޓު ފަހުން ޚުޝްބޫ ސަރޯޖް، އިންޑިއާގެ 7 ވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، މެޗު ނިމެން 3 މިނެޓަށް ވެފައި އޮއްވާ އިންޑިއާގެ 8 ވަނަ ގޯލު ކާމިޔާބުކޮށްދިނީ ރިތިކާ ސިންހް އެވެ.

މި މެޗުގައި ޕަވަރ ޕްލޭ ބޭނުންކޮށްގެން ނޭޕާލުން ކީޕަރު ކުރިއަށް ނެރިގެން ކުޅުނު ވަގުތު، އިންޑިއާގެ ކީޕަރު ވަނީ ގޯލެއް ޖަހަން ވަރަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނާއަށް އެކަން ކާމިޔާބެއް ނުވިއެވެ.

މިއަދުގެ ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ދެ ގައުމުގެ ފިރިހެން ޓީމު ބައްދަލުކުރި މެޗު، 7-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ ރާއްޖެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާއިން ފަރުބަދަމަތީ ނޭޕާލް ހަމަބިމަށް ތިރިކޮށްފިކުޅިވަރު | 3 ގަޑިއިރު ކުރިންބޫޓާން އޯވަރ-ކޮންފިޑެންޓްވެ، ބަންގާޅުން ފަހުވަގުތު އެޓީމު ސިއްސުވާލައިފިކުޅިވަރު | 5 ގަޑިއިރު ކުރިންއިންމިގެ މޮޅު ކުޅުމާއެކު ރާއްޖެ ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިކުޅިވަރު | ދުވަހެއް ކުރިން ޕާކިސްތާނުން ބޫޓާނަށް ފެންދީފަ ކަތިލައިފިކުޅިވަރު | ދުވަހެއް ކުރިން