logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރާއްޖެ ޓީމު ކުޅުން ރަނގަޅުކުރިނަމަވެސް ތިންވަނަ މެޗުންވެސް ބަލިވެއްޖެ

އިސްމާޢިލް ރާތިޢު
17 ޖެނުއަރީ 2026 - 14:29
ރާއްޖެ ޓީމު ކުޅުން ރަނގަޅުކުރިނަމަވެސް ތިންވަނަ މެޗުންވެސް ބަލިވެއްޖެ

މިހާރު ކުރިއަށްދާ ސާފް ވިމެންސް ފުޓްސެލް ޗެމްޕިއަންޝިޕްގައި ރާއްޖެ ޓީމު ކުޅުނު ތިންވަނަ މެޗުގައި ކުޅުން ރަނގަޅުކުރި ނަމަވެސް، 3-1 ގެ ނަތީޖާއަކުން ޕާކިސްތާނު އަތުން ބަލިވެއްޖެއެވެ.

ފުރަތަމަ ދެ މެޗާ އަޅާބަލާއިރު މި މެޗުގައި ރާއްޖެ ޓީމުން ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކާ، ޕާކިސްތާނަށް އުނދަގޫކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ގޯލު، ކެޕްޓަން ޒަހްރާ ބުޚާރީ ނަގައިދިން ކޯނަރަކުން ޕާކިސްތާނަށް ކާމިޔާބުކޮށްދިނީ އަޒްވާ ޗޯދްރީއެވެ. މެޗުގެ 9 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން، ރާއްޖެއަށް މި މެޗުގައި ޖެހުނު ހަމައެކަނި ގޯލު ޖަހައިދިނީ މަރިޔަމް ނޫރާއެވެ. ޕާކިސްތާނުން ވަނީ، ހާފް ނިމުމުގެ ކުރިން ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. ކީޕަރު، ޖުނާ ނަވާލް ފާރޫޤީ އެއްލި ބޯޅައެއް ކޮންޓްރޯލް ކުރުމަށްފަހު، ރާއްޖެ ކީޕަރު ބޯމަތިން ބޯޅަ ފޮނުވާލައިގެން، އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން، ޒަހްރާ ބުޚާރީއެވެ.

ދެވަނަ ހާފުގައި ޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައިވަނީ އަންމޫލް ހީރާއެވެ.

މުބާރާތުގައި މިހާތަނަށް ރާއްޖެއަށް މެޗަކުން މޮޅުވެވިފައި ނުވާއިރު، ރާއްޖެ ކޮޅަށް ތިން މެޗުން 19 ގޯލު ވަދެފައި ވެއެވެ.

މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު އިތުރު މެޗެއް ކުޅޭނީ މިމަހުގެ 21 ވަނަ ދުވަހު، ބޫޓާންއާ ދެކޮޅަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ ޓީމު ކުޅުން ރަނގަޅުކުރިނަމަވެސް ތިންވަނަ މެޗުންވެސް ބަލިވެއްޖެކުޅިވަރު | 2 ގަޑިއިރު ކުރިންއިންޑިއާއިން ފަރުބަދަމަތީ ނޭޕާލް ހަމަބިމަށް ތިރިކޮށްފިކުޅިވަރު | 5 ގަޑިއިރު ކުރިންބޫޓާން އޯވަރ-ކޮންފިޑެންޓްވެ، ބަންގާޅުން ފަހުވަގުތު އެޓީމު ސިއްސުވާލައިފިކުޅިވަރު | 7 ގަޑިއިރު ކުރިންއިންމިގެ މޮޅު ކުޅުމާއެކު ރާއްޖެ ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިކުޅިވަރު | ދުވަހެއް ކުރިން