logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކްލޮޕް ރެއާލް މެޑްޜިޑް އަށް ނޫނެކޭ ބުނެފި

އަބްދުﷲ ޣާނިމް
14 ޖެނުއަރީ 2026 - 06:51
ކްލޮޕް ރެއާލް މެޑްޜިޑް އަށް ނޫނެކޭ ބުނެފި

ރެއާލް މެޑްރިޑުގެ ކޯޗުކަމުގެ މަގާމުން ޒަބީ އޮލޮންސޯ ވަކިކުރުމާ ގުޅިގެން، އެ މަގާމަށް ގެނައުމަށް އެ ކްލަބުން އެންމެ ބޭނުންވި ޔާގަން ކްލޮޕް އެ ފުރުސަތަށް ފުރަގަސްދީފިއެވެ. ސްޕެނިޝް ސުޕަ ކޮޕާ ފައިނަލުގައި ބާސެލޯނާ އަތުން 3-2 އިން ބަލިވުމާ ގުޅިގެން އޮލޮންސޯ މަގާމުން ވަކިކުރިއިރު، ވަގުތީ ގޮތުން ޓީމާ ހަވާލުވެ ހުރީ އަލްވާރޯ އަރްބެލޯއާއެވެ.

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެންމެ ބޮޑަށް ބޭނުންވީ މިވަގުތު ރެޑްބުލްގެ ގްލޯބަލް ސްޕޯޓްސް ޑައިރެކްޓަރުގެ މަގާމުގައި ހުރި ކްލޮޕް އެ ކްލަބާ ހަވާލުވުމަށެވެ. ނަމަވެސް 'ސްޕޮކްސް' އަށް ދިން އިންޓަވިއުއެއްގައި ކްލޮޕް ވަނީ އެކަމަށް އެއްވެސް ޝައުގުވެރިކަމެއް ނެތްކަން ހާމަކޮށްފައެވެ. "ރެއާލް މެޑްރިޑުގެ ޝައުގުވެރިކަން؟ މިއީ އަހަންނާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން، އަދި މީގެ ސަބަބުން އަހަރެންގެ ހިތަށް އެއްވެސް ބަދަލެއް ނާދޭ،" ކްލޮޕް ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލިވަޕޫލްގައި ނުވަ އަހަރު ހޭދަކޮށް، އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކްލޮޕް ވަނީ އޮލޮންސޯ މަގާމުން ވަކިކުރި ގޮތާމެދު ވެސް ނުސީދާކޮށް ފާޑުކިޔާފައެވެ. އޮލޮންސޯ ވަނީ ރެއާލްގައި އޭނާ ހޭދަކުރި ދުވަސްތަކުގައި ކުޅުނު 34 މެޗުގެ ތެރެއިން 24 މެޗުން މޮޅުވެފައެވެ. ނަމަވެސް ފަހަކަށް އައިސް ކުޅުންތެރިންނާއި އޭނާއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ކްލޮޕް ލިވަޕޫލްގައި ކާމިޔާބު ހޯދީ ކްލަބުން އޭނާއަށް ވަގުތުދީ، ޓީމު ބިނާކުރުމުގެ ފުރުސަތު ދިނުމުންނެވެ. އޭނާގެ އިރުޝާދުގެ ދަށުން ލިވަޕޫލުން ވަނީ 30 އަހަރުގެ މެދުކެނޑުމަކަށްފަހު ޕްރިމިއާ ލީގު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގު ވެސް ހޯދާފައެވެ. ރެއާލް މެޑްރިޑުން ކޯޗުންނަށް ދޭ ވަގުތު ކުޑަވުމަކީ ކްލޮޕް އެ މަގާމަށް ނޫނެކޭ ބުނި އެއް ސަބަބު ކަމަށް ބެލެވެއެވެ.

ކްލޮޕް މި ފުރުސަތު ދޫކޮށްލުމާ ގުޅިގެން ރެއާލްއިން މިހާރު އަމާޒު ހިފާފައިވަނީ ޗެލްސީގެ ކުރީގެ ކޯޗު އެންޒޯ މަރެސްކާއަށެވެ. ނަމަވެސް މަރެސްކާއަކީ ވެސް ޗެލްސީގެ މެނޭޖްމަންޓާ މައްސަލަ ޖެހިގެން އެ ކްލަބުން ވަކިވި ކޯޗެއްކަން ފާހަގަކޮށްލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކްލޮޕް ރެއާލް މެޑްޜިޑް އަށް ނޫނެކޭ ބުނެފިކުޅިވަރު | 2 ގަޑިއިރު ކުރިންރެއާލްގެ ކޯޗުކަމުން އަލޮންސޯ ވަކިވެ، ޒުވާން ޓީމުގެ ކޯޗު ސީނިއަރ ޓީމާ ހަވާލުވެއްޖެކުޅިވަރު | ދުވަހެއް ކުރިންގޮންޒާލޯ ގާސިއާގެ ފުރަތަމަ ހެޓްރިކާއެކު ރެއާލް އަށް ބޮޑު މޮޅެއްކުޅިވަރު | 9 ދުވަސް ކުރިންޕެލޭ ލައިޓް ރެއާލް މެޑްރިޑް ދޫކޮށް ލިޔޯންއަށްކުޅިވަރު | 21 ދުވަސް ކުރިން