logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސީޒަން ނިމެންދެން މެންޗެސްޓާ ޔުނައިޓެޑްގެ އިންޓަރިމް ކޯޗަކަށް މައިކަލް ކެރިކް ހަމަޖައްސައިފި

އަބްދުﷲ ޣާނިމް
14 ޖެނުއަރީ 2026 - 07:05
ސީޒަން ނިމެންދެން މެންޗެސްޓާ ޔުނައިޓެޑްގެ އިންޓަރިމް ކޯޗަކަށް މައިކަލް ކެރިކް ހަމަޖައްސައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމުން ރޫބެން އަމޮރިމް ވަކިކުރުމާ ގުޅިގެން، މި ސީޒަން ނިމެންދެން އެ ޓީމުގެ އިންޓަރިމް މެނޭޖަރަކަށް ކުރީގެ މިޑްފީލްޑަރު މައިކަލް ކެރިކް ހަމަޖައްސައިފިކަން އެ ކްލަބުން ކަށަވަރުކޮށްދީފިއެވެ. ކެރިކް މި މަގާމާ ހަވާލުވީ އަމޮރިމް ވަކިކުރުމަށްފަހު ވަގުތީ ގޮތުން ދެ މެޗަށް ޓީމާ ހަވާލުވި ޑަރެން ފްލެޗާގެ ދައުރަށް ފަހުގައެވެ.

އޯލްޑް ޓްރެފޯޑްގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގެތެރެއިން ޓީމު ހަމައަކަށް އެޅުވުމަށް ކެރިކް އެނބުރި އައިސްފައިވާއިރު، މިއީ އޭނާ މިފަދަ ޒިންމާއަކާ ހަވާލުވި ދެވަނަ ފަހަރެވެ. މީގެ ކުރިން 2021 ވަނަ އަހަރު އޮލެ ގަނާ ސޯލްޝެއާ މަގާމުން ވަކިކުރުމުން ވެސް ކެރިކް ވަނީ ވަގުތީ ގޮތުން ޓީމާ ހަވާލުވެ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުރިން 2021 ވަނަ އަހަރު ކެރިކް ޓީމާ ހަވާލުވި ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗު ވަނީ އެއްވަރުވެފައެވެ. މިއީ ކުރު މުއްދަތެއްގެ ތެރޭގައި ސްކޮޑުން ނަތީޖާ ނެރުމަށް އޭނާއަށް އޮތް ގާބިލުކަން ހާމަވެގެންދިޔަ ދަނޑިވަޅެކެވެ.

އުމުރުން 44 އަހަރުގެ ކެރިކް އަކީ ޔުނައިޓެޑްގައި ކާމިޔާބު ކުޅިވަރު ކެރިއަރެއް ބިނާކުރި ކުޅުންތެރިއެކެވެ. އޭނާ ވަނީ އެ ކްލަބާއެކު 18 ބޮޑު ތަށި ހޯދާފައެވެ. އޭގެ ތެރޭގައި ފަސް ޕްރެމިއާ ލީގު ތަށްޓާއި 2008 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ހިމެނެއެވެ. ކުޅުން ހުއްޓާލުމަށްފަހު އޭނާ ވަނީ މިޑްލްސްބަރާގައި ތިން ސީޒަން ވަންދެން ކޯޗުކަން ކޮށްދީ، އެ ޓީމު ޗެމްޕިއަންޝިޕްގެ ހަތަރުވަނަ، އަށްވަނަ އަދި ދިހަވަނައަށް ގެންގޮސްދީފައެވެ.

މެންޗެސްޓާ ޔުނައިޓެޑް މިވަގުތު އޮތީ ޕްރެމިއާ ލީގުގެ ހަތްވަނައިގައެވެ. ގަދަ ހަތަރަކާ ދެމެދު ތިން ޕޮއިންޓުގެ ފަރަގެއް އޮތްއިރު، ކްލަބުގެ މާހައުލަށް ފަރިތަ ކެރިކްގެ އިރުޝާދުގެ ދަށުން ޓީމުގެ ނަތީޖާތައް އަވަހަށް ރަނގަޅުވާނެ ކަމަށް ކްލަބުން އުންމީދު ކުރެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސީޒަން ނިމެންދެން މެންޗެސްޓާ ޔުނައިޓެޑްގެ އިންޓަރިމް ކޯޗަކަށް މައިކަލް ކެރިކް ހަމަޖައްސައިފިކުޅިވަރު | 2 ގަޑިއިރު ކުރިންއެފްއޭ ކަޕުން ޔުނައިޓެޑް ކަޓައި ސީޒަން ހުސްއަތާ ނިންމާލަނީ، ޗެލްސީ އާއި އާސެނަލް ކުރިއަށްކުޅިވަރު | 2 ދުވަސް ކުރިންކޯޗު ބޭރުކޮށްގެންވެސް ނަތީޖާ ބަދަލެއް ނުވޭ! ލީގުގައި މޮޅެއް ނުލިބި ތިންމެޗު ޔުނައިޓެޑުން ހަމަކޮށްފިކުޅިވަރު | 6 ދުވަސް ކުރިންއެކްޕްރިމެންޓް އަތަށްގޮވައި އަމޯ ޔުނައިޓެޑުން ބޭރުކޮށްފިކުޅިވަރު | 9 ދުވަސް ކުރިން