logo
Bank of Maldives

Bank of Maldives

ޚަބަރު

ޗުއްޓީ އަށް ރާއްޖެ އަށް 60 ފަހަރަށްވުރެ ގިނައިން ޒިޔާރަތްކުރި އިނގިރޭސި ދެމަފިރިއަކު ރާއްޖޭގައި މަރުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ޖެނުއަރީ 2026 - 10:05
އިލެއިން ރިޗްމަންޑް އާއި މެލްކަމް، މި ދެމަފިރިން ރާއްޖެ އަށް ވަނީ 60 ފަހަރަށްވުރެ ގިނައިން ޒިޔާރަތްކޮށްފައި، ފޮޓޯ: ޑެއިލީ މެއިލް
އިލެއިން ރިޗްމަންޑް އާއި މެލްކަމް، މި ދެމަފިރިން ރާއްޖެ އަށް ވަނީ 60 ފަހަރަށްވުރެ ގިނައިން ޒިޔާރަތްކޮށްފައި، ފޮޓޯ: ޑެއިލީ މެއިލް

ދިވެހިރާއްޖޭގައި ހިނގި ސްކޫބާ ޑައިވިން ހާދިސާއެއްގައި އިނގިރޭސިވިލާތުގެ ރިޓަޔަރޑް ދެމަފިރިއަކު މަރުވެއްޖެއެވެ.

ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 70 އަހަރުގެ އިލެއިން ރިޗްމަންޑް މަރުވީ ޑިސެމްބަރު 19 ވަނަ ދުވަހު، އެލައިދޫ ކައިރީގައި ފަތަން އުޅުމުގެ ތެރޭގައެވެ. އޭނާގެ ފިރިމީހާ، އުމުރުން 71 އަހަރުގެ މެލްކަމް މަރުވީ އޭގެ ތިން ދުވަސް ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދެމަފިރިން މަރުވި ސީދާ ސަބަބެއް ސާފުނުވާއިރު، މި ހާދިސާއާ ގުޅޭ މާ ގިނަ ތަފްސީލުތަކެއް އަދި ހާމަވެފައެއް ނުވެއެވެ.

މި ދެމަފިރިން ދިރިއުޅޭ ޑާބީޝަޔަރގެ ޗެސްޓަފީލްޑް ކައިރީގައިވާ އިންކަރސަލްގެ ފިއުނަރަލް ޑައިރެކްޓަރަކު ވަނީ، ހިތާމަވެރި 'ސްކޫބާ ޑައިވިން ހާދިސާއެއް' ގައި އެމީހުން މަރުވިކަން ކަށަވަރުކޮށްދީފައެވެ.

ސައިމަން ހޯޕް ބުނި ގޮތުގައި އަނބިމީހާ މަރުވީ ޑިސެމްބަރު 19 ގައެވެ. އަދި ފިރިމީހާ މަރުވީ އޭގެ ތިން ދުވަސް ފަހުން، ޑިސެމްބަރު 22 ގައެވެ.

Screenshot 2026-01-14 153035.png

އިލެއިން ރިޗްމަންޑް އާއި މެލްކަމް، މި ދެމަފިރިން ރާއްޖެ އަށް ވަނީ 60 ފަހަރަށްވުރެ ގިނައިން ޒިޔާރަތްކޮށްފައި، ފޮޓޯ: ޑެއިލީ މެއިލް

 

މި ހާދިސާގެ އިތުރު ތަފްސީލު ދިނުމަށް އޭނާ އިންކާރު ކުރިއެވެ. އޭނާ ބުނި ގޮތުގައި މިކަމުގައި އެއްވެސް ޖިނާއީ ނުވަތަ ޝައްކު ކުރެވޭ ފަދަ ކަމެއް ނެތެވެ.

މި ދެމަފިރިންގެ ދަރިއަކު ނެތް ނަމަވެސް، މެންޗެސްޓަރ ކައިރީގައި ދިރިއުޅޭ އެމީހުންގެ އާއިލާގެ މީހަކަށް (އަންހެން ކޮއްކޮއެއްގެ ދަރިއަކަށް) މިކަން އަންގާފައިވާ ކަމަށް ހޯޕް ބުންޏެވެ.

އެމީހުންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 29 ވަނަ ދުވަހުގެ މެންދުރު ބްރިމިންގޓަން ކްރެމަޓޯރިއަމްގައެވެ.

"އިންކަރސަލްގެ އިލެއިން އަދި މެލްކަމް ރިޗްމަންޑް ވަނީ ކްރިސްމަސް ދުވަސްވަރު، މަދު ދުވަސްކޮޅެއްގެ ތަފާތަކާއެކު ހިތާމަވެރި ގޮތަކަށް މަރުވެފައެވެ." ފިއުނަރަލް ޑައިރެކްޓަރުގެ ވެބްސައިޓުގައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

"އެމީހުން ދަންނަ އެންމެހާ ފަރާތްތަކަށް (ޖަނާޒާގައި) ބައިވެރިވުމަށާއި އެމީހުންގެ ހަނދާންތައް އާކުރުމަށް ދައުވަތު އަރުވަމެވެ. ލިބޭ އެއްވެސް އެހީއެއް ހަދިޔާ ކުރެވޭނީ އޭޝްގޭޓް ހޮސްޕިސް އަށެވެ." އޭނާ އިތުރަށް ބުނެފަވެއެވެ.

މި ދެމަފިރިންގެ މަރުގެ ތަހުގީގެއް ޖެނުއަރީ 30 ވަނަ ދުވަހު ޗެސްޓަފީލްޑް ކޮރޯނާސް ކޯޓުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ރިޗްމަންޑްގެ ދެމަފިރިން ވަނީ އެމީހުން މަރުވި ރިސޯޓަށް 60 ފަހަރު ޒިޔާރަތްކޮށްފައެވެ. އަދި ވޭތުވެދިޔަ 17 އަހަރު އެމީހުން ކްރިސްމަސް ފާހަގަކުރީ އެ ރިސޯޓުގައެވެ.

'މޯލްޑިވްސް ހޮލިޑޭމޭކާސް' ކިޔާ ފޭސްބުކް ޕޭޖެއްގައި ޕެޓް ސްކެނެލް ލިޔެފައިވާ ތައުޒިޔާގެ މެސެޖެއްގައި ބުނެފައިވަނީ އެކަމާއި އިންތިހާ ހިތާމަކުރާ ކަމަށެވެ.

''އެލައިދޫ ގްރޫޕްގެ އަގުހުރި ދެ މެންބަރުން ކަމަށްވާ އިލެއިން އަދި މެލްކަމް ރިޗްމަންޑް، ކްރިސްމަސް ބަންދުގައި ރާއްޖޭގައި ތިއްބާ މަރުވެފައިވާކަން އިންތިހާ ހިތާމައާއެކު ދަންނަވަން" އެ ޕޯސްޓްގައި ބުނެފަވެއެވެ.

"އެމީހުންނަކީ މޯލްޑިވްސް ހޮލިޑޭމޭކާސްގެ މެންބަރުން، އަދި ގިނަ ބަޔަކަށް އެމީހުން އެނގޭ، އެމީހުންނަކީ ގަވާއިދުން އެލައިދޫއަށް ޒިޔާރަތްކުރާ ބައެއް" އެ ޕޯސްޓްގައި އިތުރަށް ބުނެފަވެއެވެ.

"އިލެއިން އަދި މެލްކަމް ވަނީ އެލައިދޫއަށް 60 އަށްވުރެ ގިނަ ފަހަރު ޒިޔާރަތްކޮށްފައި، 2025 ވަނަ އަހަރު އެކަނިވެސް ތިން ފަހަރު ޒިޔާރަތްކުރި، މީގެ އިތުރުން ވޭތުވެދިޔަ 17 އަހަރު ކްރިސްމަސްގައި އެމީހުން ދިޔައީ އެ ރަށަށް، އާއިލާއާއި، އެމީހުންގެ ގިނަ ދަތުރުތަކުގައި އުފެދުނު އެތައް ރަހުމަތްތެރިންނެއް އެމީހުންގެ ހަނދާންތައް އާކުރާނެ." އެ ޕޯސްޓްގައި އިތުރަށް ބުނެފަވެއެވެ.

އެ ދެމަފިރިންނަކީ އެ ރިސޯޓުގެ މުވައްޒަފުންގެ މެދުގައި ވަރަށް މަގުބޫލު ބައެއްކަމަށާއި، އެމީހުންގެ ވަކިވުމަކީ ލިބުނު ވަރަށް ބޮޑު ފަޅުކަމެއްކަމަށް ވެސް އެ ޕޯސްޓްގައި ވަނީ ބުނެފައެވެ.

"ވަރަށް ދެރަވެއްޖެ. އެއީ ވަރަށް ރަނގަޅު އަވަށްޓެރިން. އަދިވެސް މިތިބީ ލިބުނު ސޮކުން އަރައިނުގަނެވިފައި. އާއިލާއަށާއި ރަހުމަތްތެރިންނަށް ކެތްތެރިކަން ދެއްވާށި." އެމީހުންގެ އަވަށްޓެރިއެއް ކަމަށްވާ ރޭޗަލް މެކްމެނަސް ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.

ޑެއިލީ މެއިލުން ފާހަގަކޮށްފައިވާ ގޮތުގައި ދިވެހިރާއްޖެ އަކީ ޑޭވިޑް ބެކަމް އާއި ލޭޑީ ވިކްޓޯރިއާ ބެކަމް ފަދަ މަޝްހޫރު ފަރާތްތަކުގެ މެދުގައި މަގުބޫލު ޗުއްޓީ މަންޒިލެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗުއްޓީ އަށް ރާއްޖެ އަށް 60 ފަހަރު ޒިޔާރަތްކުރި އިނގިރޭސި ދެމަފިރިއަކު ރާއްޖޭގައި މަރުވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންޓެރިފް ހަނގުރާމައެއްގައި އެއްވެސް ބަޔަކު މޮޅެއް ނުވާނެ، އަހަރެމެންގެ މަސްލަހަތު ހިމާޔަތްކުރާނަން: ޗައިނާދުނިޔެ | ދުވަހެއް ކުރިންޖޯޖިއާގެ ކުރީގެ ބޮޑުވަޒީރު މަނީ ލޯންޑަރިންގެ ކުށަށް އިއުތިރާފުވުމުން 5 އަހަރަށް ޖަލަށްދުނިޔެ | 2 ދުވަސް ކުރިންރުހުމަކާ ނުލައި ޖިންސީ ސިފަ އެކުލެވޭ ފޮޓޯތައް އުފައްދާތީ މެލޭޝިއާއިން ގްރޮކް ބްލޮކްކޮށްފިޚަބަރު | 2 ދުވަސް ކުރިން