logo
Bank of Maldives

Bank of Maldives

ޚަބަރު

ޑްރަގް މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން މީހަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ޖެނުއަރީ 2026 - 11:03
ޑްރަގް މައްސަލާގައި ކުޅުދުއްފުށި ސިޓީން ހައްޔަރުކޮށްފައިވާ މީހާ، ފޮޓޯ: ޕޮލިސް
ޑްރަގް މައްސަލާގައި ކުޅުދުއްފުށި ސިޓީން ހައްޔަރުކޮށްފައިވާ މީހާ، ފޮޓޯ: ޕޮލިސް

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަމް މީހެކެވެ. އެއީ އެރަށު އެލްޕަސޯ، އަޙްމަދު ފަޒީން (35އ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޅުދުއްފުށި ސިޓީ ޕޮލިހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

ޖަނަވަރީ 12 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި، ކުޅުދުއްފުށީގެ ގެއަކުން ފަޒީން ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑްރަގް މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންވަގަށް އަނބު ބިން މީހަކު ހަތަރު މަހަށް ޖަލަށް!ޚަބަރު | 2 ގަޑިއިރު ކުރިންޑްރަގް ޓްރެފިކިން މައްސަލައެއްގައި އުމުރުން ދޮށީ އަންހެނަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންއަތުލައިގަތީ 2015 ވަނަ އަހަރުން ފެށިގެން ޑްރަގް ޓްރެފިކް ކުރަމުން ގެންދާ ބޮޑު ނެޓްވޯކެއްޚަބަރު | ދުވަހެއް ކުރިން