logo
Bank of Maldives

Bank of Maldives

ޚަބަރު

ޑެންގީހުމާއި ރޯގާ އިތުރުވާތީ ސަމާލުވުމަށް އެދިއްޖެ

އައިޝަތު ނަޝާ
14 ޖެނުއަރީ 2026 - 11:24
ޑެންގީހުމާއި ރޯގާ އިތުރުވާތީ ސަމާލުވުމަށް އެދިއްޖެ

މިދުވަސްވަރު ޑެންގީހުމާއި ރޯގާ އިތުރުވަމުންދާތީ ޢާއްމު ސާފުތާހިރު ކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ޢިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ޑެންގީހުން ފެނިފައިވާ މިންވަރުވަނީ، އޭގެ ކުރީ މަހާއި އަޅާބަލާއިރު އިތުރުވެފައެވެ. ޑެންގީހުމުގެ އިތުރުން މި ދުވަސްވަރު އަރިދަފުސް ރޯގާއާއި އިންފްލުއެންޒާގެ ކޭސްތައް ފެންނަމުންދާ މިންވަރުވެސް ދަނީ އިތުރުވަމުންނެވެ.

މި ދުވަސްވަރު އާންމުކޮށް ފެތުރޭ ބަލިތަކުގެ ތެރޭގައި ރޯގާތަކާއި، އިންފްލުއެންޒާ އަދި ޑެންގީހުމާއި، ބޭރަށް ހިންގުން ފަދަ ބަލިތައް ހިމެނޭ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އަދި މިހާރު އުމްރާގެ ދަތުރުތައް ނިންމުމަށްފަހު މީހުން އަންނަމުންދާ ވަރަކަށް ރޯގާތައް އިތުރުވެފައިވާކަމަށް އެއިދާރާއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު ޑެންގީހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ އަހަރު ނޮވެންބަރު މަހު ޑެންގީގެ 382 ކޭސް ފެނިފައިވާއިރު، ޑިސެންބަރު މަހުގެ ނިޔަލަށް މިއަދަދު 413 އަށް ވަނީ އަރާފައެވެ. މިއީ 2024 ވަނަ އަހަރަށްވުރެ އިތުރުވުމެކެވެ. އެއަހަރުގެ ނޮވެންބަރު މަހު ޑެންގީހުން ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 140 ކޭހެވެ. އަދި ޑިސެންބަރު މަހު ރިޕޯޓް ކޮށްފައިވަނީ 70 ކޭހެވެ.

ޗުއްޓީ ދުވަސްވަރާއި ދިމާކޮށް ޑެންގީހުން ފެތުރޭ މިންވަރު އިތުރުވެފައިވާއިރު، ބަލީގެ އަލާމާތެއް ފާހަގަވާނަމަ ވަގުތުން ޞިއްޙީ އެހީތެރިކަން ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ޢިލްތިމާސް ކުރެއެވެ.

މިދިޔަ އަހަރުގެ ޑިސެންބަރ މަސް ނިމުނުއިރު މުޅި ޖުމްލަ 1270 ކޭސް އިންފުލުއެންޒާއަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެ ތެރެއިން ޑިސެންބަރު މަހު ޕޮޒިޓީވްވި ކަމަށް ދައްކަނީ، އެންމެ 152 ކޭހެވެ.

ޗުއްޓީ ދުވަސްވަރާއި ދިމާކޮށް ރާއްޖޭގައި ބަލިތައް ފެތުރޭ މިންވަރު އާންމުގޮތެއްގައި އިތުރުވެއެވެ. ޚާއްޞަކޮށް ދަތުރުތައް އިތުރުވުމާއެކު ރައްޔިތުންގެ ގިނަ ކަންކަމަށް ސަމާލުކަން ދިނުމަށް ސިއްޚީ ޚިދުމަތް ދޭ ފަރާތްތަކުން ޢިލްތިމާސް ކުރެއެވެ. އަދި ބައްޔެއްގެ އެއްވެސް އަލާމާތެއް ފެންނަނަމަ، ވަގުތުން ސިއްޙީ އެހީތެރިކަން ހޯދުމަށާއި، ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑެންގީހުމާއި ރޯގާ އިތުރުވާތީ ސަމާލުވުމަށް އެދިއްޖެޚަބަރު | 2 ގަޑިއިރު ކުރިންދުންފުހުގެ ސަބަބުން، މަތިންދާ ބޯޓު ދަތުރުކުރާ ޤަވާއިދަށް ބަދަލުތަކެއް ގެނެސްފިޚަބަރު | 4 ދުވަސް ކުރިންމިއަދު ވެސް ވައި ނުސާފު، ނުރައްކާތެރިކަން ބޮޑު: އެޗްޕީއޭޚަބަރު | 6 ދުވަސް ކުރިންމިދިޔަ އަހަރު ޓީބީގެ 148 ކޭސް ރިޕޯޓުކޮށްފައިވޭޚަބަރު | 10 މަސް ކުރިން