ސާފް ފުޓްސެލް ޗެމްޕިއަންޝިޕް: ވާދަވެރި ކުޅުމަކަށްފަހު އިންޑިއާ އަދި ބަންގްލަދޭޝް އެއްވަރު
14 ޖެނުއަރީ 2026 - 10:46

މިހާރު ކުރިއަށްދާ ސާފް ފުޓްސެލް ޗެމްޕިއަންޝިޕުގައި އިންޑިއާ އަދި ބަންގްލަދޭޝް ބައްދަލުކުރި މެޗު، ވާދަވެރި ކުޅުމަކަށްފަހު ދެޓީމު އެއްވަރުވެއްޖެއެވެ.
މި މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓާ، މޮޅު ކުޅުމެއް ކުޅެފައިވަނީ ބަންގްލަދޭޝް ޓީމުންނެވެ. އެގޮތުން މާ ގިނައިރުތަކެއް ނުވެ، ޓީމުގެ ޖަރޒީ ނަންބަރު 4، ކޯޓުގެ ވާތްފަޅިން ގޯލު ކުރިމައްޗަށް ނުރައްކާތެރި ހުރަހެއް ނަގައިދިން ނަމަވެސް، ޖަރޒީ ނަންބަރު 14، އެ ބޯޅަ ފޮނުވާލީ އަރިމަތިން ބޭރަށެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ޓީމުގެ ޖަރޒީ ނަންބަރު 13 ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ.

Ad by Hajj Corporation
އޭގެފަހުން، ވަނީ ކުޅުން ރަނގަޅުކޮށް، ގޯލެއް ކާމިޔާބުކުރުމުގެ އިތުރުން ގޯލެއް ޖަހަން އެހީވެސް ވެފައެވެ.
ބަންގްލަދޭޝްގެ ފުރަތަމަ ލަނޑަށްފަހު އިރުގަނޑެއް ވަންދެން އިންޑިއާއަށް ނުރައްކާ ކުރެވިފައި ނުވިނަމަވެސް، އެޓީމުގެ ޖަރޒީ ނަންބަރު 9 ދިން ޕާހަކުން، ޖަރޒީ ނަންބަރު 11 އެވެ.
ގޯލު ޖެހުމަށްފަހު އިންޑިއާ އިންވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް، ބަންގްލަދޭޝްގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ. ނަމަވެސް، ބަންގްލަދޭޝްގެ ކެޕްޓަން ވަނީ އަލުން އެޓީމަށް ލީޑު ނަގައިދީފައެވެ.
އިންޑިއާގެ ދެވަނަ ގޯލަކީ، ބަންގްލަދޭޝްގެ ޖަރޒީ ނަންބަރު 6 އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ގޯލާއެކު، 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައިވަނީ އިންޑިއާއިންނެވެ. މިއީ، ޓީމުގެ ޖަރޒީ ނަންބަރު 6 ނަގައިދިން ހުރަހެއް، ނަންބަރު 14 ގެ މެއިގައި ޖެހިފައި ވަތް ގޯލެކެވެ. އޭގެފަހުން ގިނައިރެއްނުވެ، ބަންގްލަދޭޝްގެ ޖަރޒީ ނަންބަރު 14 ވަނީ، ކޯޓުގެ ކަނާތްފަޅިން ލިބުނު ބޯޅައެއް ހިފައިގެން ގޮސް، އިންޑިއާ ކީޕަރުގެ ދެފައި ދޭތެރެއިން ބޯޅަ ފޮނުވާލައިގެން އޭނާގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައެވެ.
އިންޑިއާގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ، ޓީމުގެ ޖަރޒީ ނަންބަރު 14 އެވެ. އަދި ބަންގްލަދޭޝްގެ ހަތަރުވަނަ ގޯލަކީ، އިންޑިއާގެ ފަހަތުގައި ޖަރޒީ ނަންބަރު 11 އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން، ބަންގްލަދޭޝްގެ ކެޕްޓަން ކާމިޔާބުކޮށްދިން ގޯލެކެވެ.
މުބާރާތުގެ ފިރިހެން ޑިވިޜަނުގެ ފުރަތަމަ މެޗުގައި ސްރީލަންކާ އަދި ބޫޓާން ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ. ތިންވަނަ މެޗުގައި، ރާއްޖެ ގަޑިން 18:00 ގައި ރާއްޖެ ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.


