logo
MPL

MPL

ކުޅިވަރު

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ޕާކިސްތާން ފަސޭހައިން ބަލިކޮށް ރާއްޖެ ތާވަލުގެ އެއްވަނައަށް

އަބްދުﷲ ޣާނިމް
14 ޖެނުއަރީ 2026 - 15:08
ފޮޓޯ: ސާފް
ފޮޓޯ: ސާފް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖޭގެ ޤައުމީ ފިރިހެން ފުޓްސަލް ޓީމުން، ޕާކިސްތާނުގެ މައްޗަށް ހޯދި ފުރިހަމަ މޮޅާއެކު، ސާފް ފުޓްސަލް މުބާރާތުގެ ފެށުން ރަނގަޅުކޮށް ތާވަލުގެ އެއްވަނައިގައި މުބާރާތް ފަށައިފިއެވެ. ތައިލެންޑުގެ ބެންކޮކުގައި ހުންނަ ނޮންތަބުރި ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ރާއްޖެ މޮޅުވީ 1-7 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ޕާކިސްތާނުން މިމުބާރާތައް ތައްޔާރުވުމުގެ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން ތަމްރީނު ކޭމްޕެއް ކުރިއަށް ގެންގޮސް، މުޅި ޤައުމަށް ހުޅުވާލައިގެން ޓްރަޔަލްތަކެއް ބާއްވައި ވަރުގަދަ ޓީމެއް އެކުލަވާލާފައެވެ. ބައިނަލްއަގްވާމީ ތަޖުރިބާހުރި ކޯޗަކާއެކު ނުކުތް ޕާކިސްތާން ޓީމަކީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ނަމަވެސް، ފީފާ ރޭންކިންގެ މި ސަރަހައްދުގެ އެއްވަނައިގައި އޮތް ރާއްޖެއިން ވަނީ މުޅި މެޗު ކޮންޓްރޯލްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުރަތަމަ ހާފުގައި ރާއްޖޭގެ ފަސް ލަނޑު

ރާއްޖެއިން ރޭވުންތެރި ކުޅުމެއް ދައްކަމުންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އެކަނިވެސް ރާއްޖެއިން ވަނީ ފަސް ލަނޑު ޖަހާފައެވެ. ރާއްޖޭގެ ފުރަތަމަ ލަނޑު އަލީ ޙަމީދު (އައްމަޑޭ) ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު ޖަހައިދިނީ އަލީ ޝިޔާޙް އެވެ. ތިންވަނަ ލަނޑު ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްދިންއިރު، ހަތަރުވަނަ ލަނޑު ފެނިގެންދިޔައީ ރާއްޖޭގެ ގޯލްކީޕަރު ޒައިދާން އަހްމަދުގެ ފަރާތުންނެވެ. އޭނާ މި ލަނޑު ޖެހީ ޕާކިސްތާނުގެ ކުޅުންތެރިން ކުރިއަށް ޖެހިފައި ތިއްބާ އަމިއްލަ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ދުރު ޕެނަލްޓީއަކުން ފަސްވަނަ ލަނޑު ޖަހައިދިނީ އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ.

615400611_1319382150232934_6752415494859209548_n.jpg

މުބާރާތުގައި ބައިވެރިވާ ދިވެހި ސްކޮޑް. ފޮޓޯ: ސާފް

 

ދެވަނަ ހާފުގެ ކުޅުން

ދެވަނަ ހާފުގައި ޕާކިސްތާނުން ކީޕަރު ކުރިއަށް ނެރެގެން ކުޅުން ބަދަލުކުރަން މަސައްކަތް ކުރި ނަމަވެސް، ރާއްޖޭގެ ކެޕްޓަން އިމްރާން ވަނީ ހުސް ގޯލުގެ ބޭނުން ހިފައި ރާއްޖޭގެ ހަވަނަ ލަނޑު ޖަހާފައެވެ. ޕާކިސްތާނުގެ ހަމައެކަނި ލަނޑު ނިސާރު ހުސެއިން ކާމިޔާބުކުރި ނަމަވެސް، މާގިނަ އިރުތަކެއް ނުވެ އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ރާއްޖޭގެ ހަތްވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ކަށަވަރުކޮށްދީފައެވެ.

މި ބޮޑު މޮޅާއެކު ހަތް ޓީމު ވާދަކުރާ މި މުބާރާތުގެ ޕޮއިންޓް ތާވަލުގެ އެއްވަނަ މަގާމު ރާއްޖެއަށް ވަނީ ލިބިފައެވެ. މިއަދު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބޫޓާނާއި ލަންކާ ބައްދަލުކުރި މެޗުގެ އިތުރުން އިންޑިއާއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ.

މިމުބާރާތުގައި ރާއްޖެ ދެން އެންމެ އަވަހަށް ނިކުންނާނީ މިމަހުގެ 16 ވަނަ ދުވަހުގައި ބަންގްލަދޭޝް އާއި ދެކޮޅަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހު މެޗުން ޗައިނާ އަތުން ބަލިވެ ރާއްޖެއަށް މުބާރާތުގެ 3 ވަނަކުޅިވަރު | ގަޑިއިރެއް ކުރިންސާފުގެ ތަށި ރާއްޖޭގެ ޓީމުން އުފުލާލައި، ޓީމަށް މަރުޙަބާ ކިޔުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވަނީކުޅިވަރު | 9 މަސް ކުރިންސައްތައިން ސައްތަ ރެކޯޑާއެކު ސާފް ޗެންޕިއަންޝިޕް ފުޓްސަލް މުބާރާތުގެ ތަށި ދިވެހިޓީމު އުފުލާލައިފިކުޅިވަރު | 10 މަސް ކުރިންނޭޕާލް ބަލިކޮށް ރާއްޖެއިން ސާފް ފުޓްސަލް ޗެންޕިއަންޝިޕް ކާމިޔާބުކުރުމާއި ގާތަށް ޖެހިލައިފިކުޅިވަރު | 10 މަސް ކުރިން