ފަހު މެޗުން ޗައިނާ އަތުން ބަލިވެ ރާއްޖެއަށް މުބާރާތުގެ 3 ވަނަ
9 ނޮވެމްބަރު 2026 - 14:32

ޗައިނީސް ފުޓްބޯލް އެސޯސިއޭޝަން (ސީއެފްއޭ) އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ޗައިނާ އަތުން ރާއްޖެ ބަލިވެ މުބާރާތުގެ ތިން ވަނަ ޓީމުގެގޮތުގައި މުބާރާތް ނިންމާލަން ޖެހިއްޖެއެވެ.
ޗައިނާ އަތުން މިއަދު ރާއްޖެ ބަލިވީ 8-3ގެ ނަތީޖާ އަކުންނެވެ. މެޗްގެ ވަރަށް ކުރީކޮޅު ޗައިނާއިންވަނީ ލަނޑެއްޖަހާ ލީޑް ނަގާފައެވެ. ކައިރި ކައިރީގައި ޗައިނާއިން ކާމިޔާބުކުރި 3 ލަނޑާއެކު މެޗްގެ ފުރަތަމަ ހާފް ނިމުނީ 3-1 އިންނެވެ. ފުރަތަމަ ހާފްގައި ރާއްޖޭގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ. އިޝާންއަކީ މިމުބާރާތުގައި ރާއްޖޭގެ ޓީމުގައި މޮޅު ކުޅުމެއް ދައްކާ ރާއްޖެ ޓީމަށް 3 ލަނޑު މިމުބާރާތުގައި ކާމިޔާބުކޮށްދިން ކުޅުންތެރިއެކެވެ. ދެވަނަ ހާފްގައި ރާއްޖެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޢަބްދުﷲ ޝާފިޢުއެވެ. އަދި 3 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު ޙަމީދެވެ. މިމެޗާއެކު މުބާރާތުގެ ޗެމްޕިއަންކަން ޗައިނާއަށްވަނީ ލިބިފައެވެ. އެޓީމްވަނީ މުބާރާތުގައި ކުޅުނު 3 މެޗްވެސް ކާމިޔާބުކޮށްފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މިމުބާރާތުން ރާއްޖެއަށް 3 ވަނަ ލިބުނީ ހޮންގކޮންގއާ ދެކޮަޅަށް ކުޅެ 7-0ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލިބުނު 3 ޕޮއިންޓާއެކީއެވެ. 3 މެޗުންވެސް ބަލިވެ ހޮންގކޮންގ ދިޔައީ މުބާރާތުގެ ފުލަށެވެ.

-01.jpg&w=3840&q=75)
