logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނާއި އެމެރިކާއާ ދެމެދު މުއާމަލާތުކުރުން ހުއްޓާލައިފި

އިސްމާޢިލް ރާތިޢު
15 ޖެނުއަރީ 2026 - 06:17
ފޮޓޯ: ގެޓީ އިމޭޖަސް
ފޮޓޯ: ގެޓީ އިމޭޖަސް

އީރާނުގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އެމެރިކާއިން އެ ޤައުމާ ދެކޮޅަށް ދެމުންދާ އިންޒާރުތަކާއި އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން، އީރާނުން އެމެރިކާއާއެކު މުއާމަލާތުކުރުން ހުއްޓާލައިފިއެވެ.

އީރާނުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާތީ އެކަމާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން މިދިޔަ މަހުގެ ފަހުކޮޅު ފެށި މުޒާހަރާތައް މިހާރުވަނީ އެޤައުމުގެ އެކި ސަރަޙައްދުތަކަށް ފެތުރިފައެވެ. އެ މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކާ ކުރިމަތިލުންތައް ހިނގުމުގެ އިތުުރުން މުދަލަށް ބޮޑެތި ގެއްލުންތައް ދީފައިވެސް ވެއެވެ. އަދި ހަމަނުޖެހުންތަކުގައި 2،600އެއްހާ މީހުން މަރުވެފައިވާ ކަމަށް ބެލެވެއެވެ.

މުޒާހަރާތައް ހުއްޓުވަން އެކަށީގެންނުވާ ބާރުގެ ބޭނުންކުރާނަމަ، މުޒާހަރާގެ ބައިވެރިންގެ ދިފާޢުގައި އެމެރިކާއިން އީރާނަށް އަރާނެކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަނީ ތަކުރާރުކޮށް ދެއްވަމުންނެވެ. ނަމަވެސް މި އިންޒާރުތަކަށް އަމަލުކުރައްވައިފިނަމަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް އީރާނުން ބުނެފައިވެއެވެ.

އީރާނުން ހަނގުރާމައަށް ތައްޔާރަށް އޮތް ނަމަވެސް މަޝްވަރާގެ މަގުން ކަންކަން ޙައްލުކުރުމަށް ޝައުޤުވެރިވާ ކަން އެޤައުމުން މީގެ ކުރިން ހާމަޮށްފައިވެއެވެ. ނަމަވެސް އޭގެ ފަހުން ޓްރަމްޕް ވަނީ އީރާނާއެކު ވިޔަފާރިކުރާ ޤައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 25 އިންސައްތައިގެ އިތުރު ޓެކުހެއް ނަންގަވާނެ ކަމަށް އިޢުލާނުކުރައްވާފައެވެ. މައްސަލަ މިހާރު އިތުރަށް ގޯސްވެ، އީރާނުން އެމެރިކާއާ އެކު މުއާމަލާތު ކުރުން ހުއްޓާލައިފައިވާއިރު، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީއާއި އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު، ސްޓީވް ވިޓްކޮފްއާ ދެމެދު ދެކެވެމުން ދިޔަ ވާހަކަތައް ވަނީ މެދުކެނޑިފައެވެ.

އީރާނުގެ ސަރުކާރުން އެ ޤައުމުގައި ހަަމަނުޖެހުން އުފައްދާ މީހުން ސިފަކޮށްފައި ވަނީ ނިރުބަވެރިންގެ ގޮތުގައެވެ. އެޤައުމުން ވަނީ އެމެރިކާއާއި ޔަހޫދީން އެޤައުމުގައި ހަމަނުޖެހުން އުފައްދާ، ޤައުމު ހަލަބޮލި ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. އެޤައުމުގައި ވަރުގަދަ މުޒާހަރާތައް ކުރި ނަމަވެސް، ސަރުކާރު ބަލިކަށިވެފައި ނުވާކަމަށް އީރާނުން ދަނީ ބުނަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނާއި އެމެރިކާއާ ދެމެދު މުއާމަލާތުކުރުން ހުއްޓާލައިފިދުނިޔެ | 2 ގަޑިއިރު ކުރިންވޯލްޑް ކަޕުގެ ގުރުނަގަން ދާން އިރާންގެ ޓީމަށް އެމެރިކާއިން ވިސާ ނުދިންކުޅިވަރު | 3 މަސް ކުރިންއެމެރިކާއާއެކު މަޝްވަރާ ކުރަން ތައްޔާރު - އީރާން ދުނިޔެ | 6 މަސް ކުރިން