logo
Bank of Maldives

Bank of Maldives

ދުނިޔެ

ހަނގުރާމައިގެ އަޑުގަދަވެފައި ވަނިކޮށް އެމެރިކާއާއި އީރާނުގެ މަޝްވަރާތައް ބުރާސްފަތި ބާއްވަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ފެބްރުއަރީ 2026 - 05:23
 ހަނގުރާމައިގެ އަޑުގަދަވެފައި ވަނިކޮށް އެމެރިކާއާއި އީރާނުގެ މަޝްވަރާތައް ބުރާސްފަތި ބާއްވަނީ

ހަމަލާތަކެއް ދީފާނެކަމުގެ ބިރުވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާއާއި އީރާނުގެ މަޝްވަރާތައް ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުތައް އާދަޔާޚިލާފަށް ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައިވެސް، އީރާނުގެ އިސް އޮފިޝަލުން އުންމީދު ކުރައްވަނީ ބުރާސްފަތި ދުވަހު އަލުން ފަށާ މަޝްވަރާތަކުގެ ސަބަބުން، ކުރިމަތިވެދާނެ ހަނގުރާމައަކުން ސަލާމަތްވެ، އެއްބަސްވުމަކާ ހަމައަށް ދެވޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާދިއްތަ ދުވަހު "ސީ.ބީ.އެސް ނިއުސް" އަށް ދެއްވި ބަސްދީގަތުމެއްގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އަލުން ފަށާ މަޝްވަރާތަކަށް ބޭނުންވާ ތަފްސީލުތައް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ހަމައެއާއެކު، އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފް ވަނީ، އެމެރިކާގެ ނުފޫޒުތަކަށް އީރާނުން މިހާތަނަށްވެސް ދޫނުދީ ހިފަހައްޓަމުންދާ ސަބަބާ މެދު ސުވާލު އުފައްދަވާފައެވެ.

މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރާ އޮމާންގެ ޚާރިޖީ ވަޒީރު ބަދުރު އަލްބޫސައިދީ ވިދާޅުވީ، ޖެނީވާގައި ބުރާސްފަތި ދުވަހު ބާއްވާ މި މަޝްވަރާތަކަކީ އެއްބަސްވުމެއްގައި ސޮއިކުރުމަށްޓަކައި އެޅޭ ހެޔޮ ފިޔަވަޅަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އީރާނުގައި ހިނގި މުޒާހަރާތައް ހުއްޓުވުމަށް އެ ގައުމުގެ ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން، އެމެރިކާއިން އަސްކަރީ ބާރުގެ ބޭނުންކޮށްފާނެ ކަމުގެ އިންޒާރުތައް ވަނީ ކުރިއަށްވުރެ އިތުރުވެފައެވެ. އާދިއްތަ ދުވަހު އީރާނުގެ ދަރިވަރުން ވަނީ ސަރުކާރަށް ތާއީދުކޮށް އަދި ސަރުކާރާ ދެކޮޅަށްވެސް މުޒާހަރާކޮށްފައެވެ. މީގެ ތެރެއިން ސަރުކާރާ އިދިކޮޅަށް އަޑުއުފުލާ ފަރާތްތަކަށް ބޮޑެތި އަދަބުތަކާ ކުރިމަތިލާންޖެހޭނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

އަރަގްޗީ ވިދާޅުވީ، އެމެރިކާއިން އީރާނަށް ހަމަލާއެއް ދީފިނަމަ، އަމިއްލަ ނަފްސު ދިފާއުކުރުމުގެ ފުރިހަމަ ހައްގު އީރާނަށް ލިބިގެންވާ ކަމަށާއި، ސަރަހައްދުގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް އަމާޒުކޮށް ހަމަލާދިނުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެންނަމަވެސް، ޑިޕްލޮމެޓިކް ހައްލެއް ފެނުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވެސް ވަނީ މީގެ ކުރިން ކުރެވުނު މަޝްވަރާތަކުން އުންމީދީ ނަތީޖާއެއް ފެންނަން އޮތް ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ބުރާސްފަތި ދުވަހު ޖެނީވާގައި ބާއްވާ ބައްދަލުވުމުގައި، އަޅުގަނޑުމެންނަށް ރަނގަޅު އެއްބަސްވުމެއް އެކުލަވައިލެވި، އަވަސް ހައްލަކަށް އާދެވޭނެ،" އަރަގްޗީ ވިދާޅުވިއެވެ.

"އެކްސިއޯސް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެއްބަސްވުމުގެ ހުށަހެޅުން ހުށަހަޅައިފިނަމަ، އެމެރިކާއިން ތަފްސީލީ މަޝްވަރާތަކަށް ތައްޔާރަށް އޮތް ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

ފާއިތުވި ހަފުތާތަކުގައި އެމެރިކާއިން ވަނީ މެދުއިރުމައްޗަށް ދެ މަނަވަރާއި، ހަނގުރާމަމަތީ މަތިންދާބޯޓުތަކުގެ އިތުރުން ވައިގެ ދިފާއީ ނިޒާމުތައް ފޮނުވައި، އެ ސަރަހައްދުގައި އަސްކަރީ ބާރު ވަރަށް ބޮޑަށް ގަދަކޮށްފައެވެ.

ހަނގުރާމައިގެ ބިރުވެރިކަންމީގެ ކުރިން ކުރެވުނު ޑިޕްލޮމެޓިކް މަސައްކަތްތަކަށް ހުރަސް އެޅުނީ އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އެކަމުގެ ސަބަބުން މިދިޔަ ޖޫން މަހު 12 ދުވަހުގެ މުއްދަތަށް ހިނގި ކުރިމަތިލުންތަކުގައި އެމެރިކާއިންވެސް ވަނީ އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ހަމަލާދީފައެވެ.

އޮމާން މެދުވެރިވެގެން ކުރިއަށްދާ މަޝްވަރާތަކާއެކުވެސް، އީރާނުގެ ރައްޔިތުންގެ މެދުގައި ހަނގުރާމައިގެ ބިރުވެރިކަން ވަނީ އިތުރުވެފައެވެ. ތެހެރާންގައި ދިރިއުޅޭ ހާމިދު ނަމަކަށް ކިޔާ މީހަކު "އޭ.އެފް.ޕީ" އަށް ކިޔައިދިން ގޮތުގައި، ހާސްކަމުގެ ސަބަބުން ބޭސް ބޭނުންކޮށްގެންވެސް ރޭގަނޑު ނިދުމަށް އޭނާއަށް ވަނީ އުނދަގޫވެފައެވެ.

މީގެ އިތުރުން، އައި.ޓީ ޓެކްނީޝަނެއް ކަމަށްވާ މީނާ އަހުމަދުވަންދް ގަބޫލުކުރާ ގޮތުގައި، މިހާރު އޮތް ހާލަތަށް ބަލާއިރު އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހަނގުރާމައެއް ފެށުމަކީ ހަގީގަތާ ކުރިމަތިލާއިރު ނުވެ ނުދާނެ ކަމެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނގުރާމައިގެ އަޑުގަދަވެފައި ވަނިކޮށް އެމެރިކާއާއި އީރާނުގެ މަޝްވަރާތައް ބުރާސްފަތި ބާއްވަނީދުނިޔެ | 2 ގަޑިއިރު ކުރިންނަމަނަމަ އެމެރިކާ އިން އީރާނަށް އަލުން ހަމަލާނުދޭތި، ނަތީޖާ ވަރަށް ގޯސްވާނެދުނިޔެ | 4 ދުވަސް ކުރިންއީރާނާއި އެމެރިކާއާ ދެމެދު ނުރަސްމީ މަޝްވަރާތަކެއްދުނިޔެ | 16 ދުވަސް ކުރިންއީރާނަށް ހަމަލާދިނުމަށް އިސްރާއީލުން ދަނީ އެމެރިކާގެ ކިބައިން އެދެމުން، ޓްރަމްޕް ހުރީ ހިމޭނުން: ރިޕޯޓުދުނިޔެ | 19 ދުވަސް ކުރިން