logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރާއްޖޭގެ އަންހެން ފުޓްސެލް ޓީމު ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެ

އިސްމާޢިލް ރާތިޢު
15 ޖެނުއަރީ 2026 - 11:55
ރާއްޖޭގެ އަންހެން ފުޓްސެލް ޓީމު ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެ

މިހާރު ތައިލެންޑުގައި ކުރިއަށްދާ ސާފް ވިމެންސް ފުޓްސެލް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޚުނު ދެވަނަ މެޗުންވެސް ބަލިވެއްޖެއެވެ.

ނޭޕާލް އާ ދެކޮޅަށް ކުޅުނު މި މެޗުން ރާއްޖެ ބަލިވެފައިވަނީ 5-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ބޮޑު ބައިގައި ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީވެސް ނޭޕާލް ޓީމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގައި ނޭޕާލުން ކާމިޔާބުކުރި 5 ގޯލުގެ ތެރެއިން 4 ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. ނޭޕާލްގެ ގޯލުތަކުގެ ތެރެއިން ފުރަތަމަ އަދި ތިންވަނަ ގޯލު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖެނިފަރ ރާނާއެވެ. ދެވަނަ ގޯލު ބިމާލާ ޗޯދްރީ ކާމިޔާބުކޮށްދިން އިރު، ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ މަނީޝާ ތާޕާ މަގަރް އެވެ.

ނޭޕާލްގެ ފަސްވަނަ ގޯލަކީ ރާއްޖޭގެ ފާތިމަތު ސައިނާގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ނޭޕާލް ޓީމުން ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކާ، ހަތަރު ގޯލު ކާމިޔާބުކުރި ނަމަވެސް، ދެވަނަ ހާފުގައި ރާއްޖޭން ވަނީ ކުޅުން ރަނގަޅުކޮށް، ނޭޕާލަށް އިތުރު ގިނަ ގޯލުތަކެއް ޖެހުނަ ނުދީ ހިފަހައްޓާފައެވެ. މި ހާފުގައި، ނޭޕާލްގެ ކީޕަރު މާ ގިނައިރު ބޯޅަ ހިފާއްޓައިގެން ހުރުމުގެ ސަބަބުން ރާއްޖެއަށް ނުސީދާ ޖެހުމެެއްވެސް ލިބިފައިވެއެވެ. ނަމަވެސް މި ޖެހުމުން ރާއްޖޭގެ ކެޕްޓަން ފާތިމަތު ސާލިޔާ ފޮނުވާލި ހަމަލާވަނީ، ނޭޕާލްގެ ކީޕަރު ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު ރާއްޖެ ކުޅުނު ދެމެޗުންވެސް ބަލިވެ، ބައިކޮޅަށް 15 ގޯލު ވަނީ ވަދެފައެވެ. ރާއްޖެއަށް މި މުބާރާތުގައި ކާމިޔާބުކުރެވުނީ އެންމެ ގޯލެކެވެ. ފުރަތަމަ މެޗުގައި ލިބުނު ކޯނަރަކުން މި ގޯލު ކާމިޔާބުކޮށްދިނީ މަރިޔަމް ނޫރާއެވެ.

އަންހެން ޓީމުގެ ތިންވަނަ މެޗުގައި، މިމަހުގެ 17 ވަނަ ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އަންހެން ފުޓްސެލް ޓީމު ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެކުޅިވަރު | 2 ގަޑިއިރު ކުރިންސާފް ފުޓްސެލް ޗެމްޕިއަންޝިޕް: ވާދަވެރި ކުޅުމަކަށްފަހު އިންޑިއާ އަދި ބަންގްލަދޭޝް އެއްވަރުކުޅިވަރު | ދުވަހެއް ކުރިންނަތީޖާ ތަފާތުބޮޑު ނަމަވެސް ޓީމު އިސްދަށަށް ޖަހަންޖެހޭ ސަބަބެއް ނެތް: ކޯޗު ސުޒެއިންކުޅިވަރު | 2 ދުވަސް ކުރިން