logo
Bank of Maldives

Bank of Maldives

ޚަބަރު

ހުރާ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް!

ޒިދާން މުޙައްމަދު
16 ޖެނުއަރީ 2026 - 05:49
ހުރާ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް!

ކ. ހުރާ ބަނދަރުގެ ކޮންކްރީޓް ޖެޓީގެ 40 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ - އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ހުރާ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން ކޮންކްރީޓް ޖެޓީގެ 40 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ހުރިހާ ކޮލަމެއް ހަރުކޮށް ނިމިފައިވާ ކަމަށް ވެސް ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޓީސީސީން ބުނީ، މިހާރު ކުރިއަށްދަނީ ކޮންކްރީޓް ބީމަށް ބޭނުންވާ ޝަޓަރިން އާއި ބާ ބެންޑިންގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރުގެ ހިދުމަތްތައް ހަރުދަނާކުރުމަށް ރާއްޖޭގެ ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ހުރާގެ ބަނދަރު ތަރައްގީކުރުމުގެ މި މަޝްރޫއުގެ ދަށުން ގިނަ ކަންތައްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ބަނދަރުގެ ސަރަހައްދު ފުންކުރުން (ޑްރެޖިން) އާއި، ގޮނޑުދޮށުގައި ތޮށިލުމުގެ މަސައްކަތް (ބްރޭކްވޯޓާ) އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް (ރިވެޓްމަންޓް) ހިމެނެއެވެ. މީގެ އިތުރުން، ބަނދަރު ސަރަހައްދުގައި ކޮންކްރީޓު ޕޭވްމެންޓް ހެދުމުގެ މަސައްކަތް (ކޮންކްރީޓް ޕޭވްމަންޓް) ވެސް ކުރިއަށްދާކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

ހުރާގެ ރައްޔިތުންނަށް ފަސޭހަތަކެއް ގެނައުމަށްޓަކައި، މި މަޝްރޫއުގެ ތެރޭގައި ރޭމްޕެއް ހެދުމާއި، ދޯނިފަހަރަށް ފަސޭހައިން އަރައި ފޭބޭނެ އެކްސެސް ޕްލެޓްފޯމެއް ތަރައްގީކުރުމާއި، 120 މީޓަރު ދިގު އަދި ދެ މީޓަރު ފުޅާ ޖެޓީއެއް އެޅުންވެސް ހިމެނެއެވެ. ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ދަތުރުކުރުމަށް ބޭނުންވާ ނެވިގޭޝަނަލް ލައިޓްސް އާއި ބަނދަރުގައި ބޭނުންކުރާ ލައިޓްސް (ހާބަރ ލައިޓްސް) ވެސް ހަރުކުރާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުރާ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް!ޚަބަރު | ގަޑިއިރެއް ކުރިންބޮޑުތަކުރުފާނުމަގު ހެދުން: 85 މީޓަރުގެ ސަރަޙައްދެއް ޝީޓްޕައިލްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންބޮޑުތަކުރުފާނު މަގުހެދުން: 48 މީޓަރުގެ ސަރަޙައްދެއް ޝީޓްޕައިލްކޮށްފިޚަބަރު | 6 ދުވަސް ކުރިންގަމު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު: ރިވެޓްމެންޓްގެ މަސައްކަތް ނިމިއްޖެޚަބަރު | 6 ދުވަސް ކުރިން