ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުން ހޮވުމަށް ވޯޓުލާން ފަށައިފި
16 ޖެނުއަރީ 2026 - 10:45

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއިން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
އެމްޑީޕީގެ މި ޕްރައިމަރީގައި ޖުމުލަ 154 ކެންޑިޑޭޓުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސް އާއި މެމްބަރުން ހިމެނޭ ގޮތަށެވެ.

Ad by Hajj Corporation
މިއަދު މެންދުރު ފަހު 2:30ގައި ވޯޓުލުން ފެށިއިރު، ފޮށިތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިރޭ 8:00ގައެވެ.
މާލޭގެ ގިނަ ސްކޫލުތަކެއްގައި ވޯޓުފޮށިތައް މިހާރު ހުރީ ބަހައްޓާފައެވެ. އަދި ބައެއް ފޮށިތައް ކައިރީގައި ކިޔޫ ދަމާލާފައި ވެއެވެ.
މާލެ ސަރަހައްދާއި އަދި އަތޮޅުތަކުގައިވެސް ވޯޓު ފޮށިތަށް ބަހައްޓާފައިވަނީ ސްކޫލުތަކުގެއެވެ. މާލެ ސަރަހައްދުގައި މަޖީދިއްޔާ ސްކޫލުގެ އިތުރުން އިތުރު މާލޭގެ ގަލޮޅު މަދުރަސާ، ހިރިޔާ ސްކޫލު އަދި އިސްކަންދަރު ސްކޫލުގައި ވޯޓު ފޮށި ބަހައްޓާފައިވާއިރު ހުޅުމާލޭގައި ޕްރައިމަރީ ބާއްވަނީ ޣާޒީ ސްކޫލާއި ކާމިލްދީދީ ސްކޫލުގައެވެ. އަދި ވިލިމާލޭގައި ވޯޓު ފޮށި ބަހައްޓާފައިވަނީ މުޙްޠިއްދީން ސްކޫލުގައެވެ.
މި އިންތިހާބުގައި އެންމެ ވާދަވެރިކޮށް ފެންނަނީ، މާލޭގެ މޭޔަރުކަމަށް ޕާޓީން ނެރޭނެ މީހަކު ހޮވުމެވެ.
މިއާއެކު މިފަހަރު ލޯކަލް ކައުންސިލް އިންތިޚާބަށް ބާއްވާ ޕްރައިމަރީތައް ބާއްވަމުން އަންނަނީ ރަށްރަށުގައިވެސް މާލެ ސަރަހައްދުގައިވެސް ސްކޫލުތަކުގައެވެ.
ވެރިކަންކުރާ މައި ޕާޓީ ޕީއެންސީގެ ޕްރައިމަރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަނީ ބާއްވާފައެވެ.


