logo
MPL

MPL

ޚަބަރު

އަހަރުގެ ފުރަތަމަ 14 ދުވަހު ލައްކައެއްހާ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި!

އިސްމާޢިލް ރާތިޢު
16 ޖެނުއަރީ 2026 - 10:46
އަހަރުގެ ފުރަތަމަ 14 ދުވަހު ލައްކައެއްހާ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި!

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 99،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 99،350 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 90،659 ފަތުރުވެރިންނާ އަޅާބަލާއިރު %9.6 އިތުރު އަދަދެކެވެ. މިމަހުގެ މިހާތަނަށް އެއްދުވަހެއްގެތެރޭގައި އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހު 9،596 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން ކަމުގައިވީ ނަމަވެސް، މިއަހަރުގެ ފުރަތަމަ 14 ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި 5 ޤައުމު:

Ad by Hajj Corporation

Ad by Hajj Corporation

  • ރަޝިއާ - 16،868 ފަތުރުވެރިން
  • އިޓަލީވިލާތް - 11،987 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 8،159 ފަތުރުވެރިން
  • ޖަރުމަނުވިލާތް - 6،245 ފަތުރުވެރިން
  • ޗައިނާ - 5،404 ފަތުރުވެރިން

ތަފާސްހިސާބުތަކުން ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލަކު 7096 އެއްހާ ފަތުރުވެރިން ރާއްޖެއަަށް އާދެއެވެ. ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައިން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

'ވިޒިޓް މޯލްޑިވްސް އިޔަރ' އިފްތިތާޙްކޮށް، ޓޫރިޒަމް އެވޯޑަށް މުޅިން އައު ދާއިރާތަކެއް ތަޢާރަފްކޮށްފިޚަބަރު | 3 ދުވަސް ކުރިންސެޕްޓެންބަރު މަހު ދުވާލަކު އެވްރެޖްކޮށް 5،800 އަށް ވުރެ ގިނަ ފަތުރުވެރިންޚަބަރު | 4 ދުވަސް ކުރިންއިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަންގެ މަގާމު 7 ވަނަ ފަހަރަށް ރާއްޖެއަށްޚަބަރު | 8 ދުވަސް ކުރިން"އައި އޭމް މޯލްޑިވްސް ރޯޑްޝޯ 2026" ގައި ތޮއްޑޫގެ ފަތުރުވެރިކަން ރަޝިއާ އަދި ކަޒަކިސްތާނުގައި އިޝްތިހާރުކޮށްފިވިޔަފާރި | 11 ދުވަސް ކުރިން