logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިންމިގެ މޮޅު ކުޅުމާއެކު ރާއްޖެ ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި

އިސްމާޢިލް ރާތިޢު
16 ޖެނުއަރީ 2026 - 14:17
އިންމިގެ މޮޅު ކުޅުމާއެކު ރާއްޖެ ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި

ރާއްޖޭގެ ކެޕްޓަން، މުޙައްމަދު ޢިމްރާން (އިންމި) ދެއްކި މޮޅު ކުޅުމާއެކު، ސާފް ފުޓްސެލް ޗެލެންޖުގައި ރާއްޖޭގެ ފިރިހެން ޓީމު ކުޅުނު ދެވަނަ މެޗު 6-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ.

މި މެޗުގައި ޢިމްރާން ވަނީ ދެ ހާފުގައިވެސް ގޯލުޖަހާ، ބްރޭސްއެއް ހަދާފައެވެ. ރާއްޖޭގެ ފުރަމަ ލަނޑު، މެޗު ފެށިގެން މާ ގިނައިރެއް ނުވަނީސް ކާމިޔާބުކޮށްދިނީވެސް ކެޕްޓަން، އިންމި އެވެ. ދެވަނަ ގޯލު، އިންމިގެ އެސިސްޓަކުން ކާމިޔާބުކޮށްދިނީ އިޝާން އިބްރާހީމް އެވެ. ތިންވަނަ ލަނޑު، އަޙްމަދު ރާހިލް ކާމިޔާބުކޮށްދިން އިރު، ލިބުނު ޕެނަލްޓީއަކުން ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޢަލީ ޝިޔާހު (ޝިޔަޅޭ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕެނަލްޓީއަކީ، ރާއްޖެއަށް އޭރިއާ ތެރެއިން ލިބުނު ޖެހުމެއް މަތަކުރަން، ބަންގްލަދޭޝްގެ ކުޅުންތެރިއަކު ބޯޅައިގައި އަތްލުމުގެ ސަބަބުން ލިބުނު ޕެނަލްޓީއެކެވެ.

ބަންގްލަދޭޝް އަށް މެޗުގައި ޖެހުނު ހަމައެކަނި ގޯލު ކާމިޔާބުކޮށްދީފައިވަނީ ކާޒީ އިބްރާހީމް އެވެ.

މެޗުގެ ދެވަނަ ހާފުގައި އަޙްމަދު ރާހިލް ރަޝީދު ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. ބަންގްލަދޭޝްގެ ކީޕަރުގެ ބަދަލުގައި ޕަވަރ ޕްލޭގައި އައުޓްފީލްޑް ކުޅުންތެރިއެއް އަރާ ހުއްޓާ، ހުސް ގޯލަކަށް ފޮނުވާލައިގެން, ޢަބްދުﷲ ޝާފިޢު އެވެ.

މި ނަތީޖާއާއެކު ރާއްޖެ ވަނީ ތާވަލުގެ އެއްވަނައިގައި، ދެ މެޗުން ލިބުނު ހަ ޕޮއިންޓާއި ޖެހި 13 ގޯލާއެކު ހަމަޖެހިލާފައެވެ.

ދެވަނައިގައި އޮތް ނޭޕާލާއި ތިންވަނައިގައި އޮތް ޕާކިސްތާނަށް ވެސް ތިން ޕޮއިންޓު ލިބިފައިވެއެވެ. ހަތަރުވަނައިގައި އޮތ އިންޑިއާ، ފަސްވަނައިގައި އޮތް ސްރީލަންކާ އަދި ހަވަނައިގައި އޮތް ބޫޓާނަށް ވެސް ޕޮއިންޓެއް ލިބިފަިއވާއިރު ފުލުގައި އޮތް ބަންގްލަދޭޝްއަށް ވެސް ޕޮއިންޓެއް ލިބިފައިވެއެވެ. ތާވަލުގެ މަގާމުތައް ބިނާވެފައި ވަނީ ފައިދާ ގޯލަށެވެ.

ރާއްޖެ ކުޅޭ ތިންވަނަ މެޗުގައި މިމަހުގެ 20 ވަނަ ދުވަހު ނުކުންނާނީ ފުޓުބޯޅައިގެ ދާއިރާގައި ރާއްޖެއާ އެންމެ ވާދަވެރި އިންޑިއާ އާ ދެކޮޅަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންމިގެ މޮޅު ކުޅުމާއެކު ރާއްޖެ ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިކުޅިވަރު | 2 ގަޑިއިރު ކުރިން ޕާކިސްތާނުން ބޫޓާނަށް ފެންދީފަ ކަތިލައިފިކުޅިވަރު | 5 ގަޑިއިރު ކުރިންރާއްޖޭގެ އަންހެން ފުޓްސެލް ޓީމު ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެކުޅިވަރު | ދުވަހެއް ކުރިންސާފް ފުޓްސެލް ޗެމްޕިއަންޝިޕް: ވާދަވެރި ކުޅުމަކަށްފަހު އިންޑިއާ އަދި ބަންގްލަދޭޝް އެއްވަރުކުޅިވަރު | 2 ދުވަސް ކުރިން