ބޫޓާން އޯވަރ-ކޮންފިޑެންޓްވެ، ބަންގާޅުން ފަހުވަގުތު އެޓީމު ސިއްސުވާލައިފި
17 ޖެނުއަރީ 2026 - 09:37

ތައިލޭންޑުގައި މިހާރު ކުރިއަށްދާ ސާފް ވިމެންސް ފުޓްސެލް ޗެލެންޖުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަދި ބޫޓާން އެއްވަރުވެއްޖެއެވެ.
މެޗު ފެށުނީންސުރެ ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވާދަވެރި، ހަމަހަމަ ކުޅުމެކެވެ. މެޗު ފެށިގެން އެންމެ ފަސް މިނެޓުތެރޭ ބޫޓާނުން ވަނީ ލީޑު ނަގާފައެވެ. އެޓީމަށް މި ގޯލު ކާމިޔާބުކޮށްދިނީ ޑެކީ ލްހަޒޯމް އެވެ. ނަމަވެސް މާ ގިނައިރެއް ނުވެ، ބަންގްލަދޭޝްއަށް ކުޅެމުން އަންނަ ޖަޕާނު ނަސްލުގެ ކުޅުންތެރިޔާ ސުމާޔާ މަޓްސުޝީމާ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ފުރަތަމަ ހާފުގައި އިތުރު ގޯލެއް ނުފެނުނު ނަމަވެސް ދެޓީމުންވެސް ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާ، އަނެއް ޓީމުގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

Ad by Hajj Corporation
ދެވަނަ ހާފުގައި، މެޗުގެ 27 އަދި 30 ވަނަ މިނެޓުގައި ޓީމުގެ ކެޕްޓަން ސޯނަމް ލްހަމޯ ޖެހި ދެ ގޯލުން ބޫޓާން ޓީމަށް ލިބުނު ތަސައްލީއާއެކު ޓީމު މާބޮޑަށް ހަމަޖެހުމުގެ ފައިދާ ނަގާ، ބަންގްލަދޭޝް އިން ވަނީ މެޗުގެ 35 އަދި 36 ވަނަ މިނެޓުގައި ގޯލު ޖަހާ، ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން، ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން، ސަބީނާ ޚަތޫން އެވެ. އަދި ބޫޓާންގެ ޕޭމާ ޗޮއޭކީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައިވަނީ މަސޫރާ ޕަރްވިން އެވެ.
މިއަދު ދެންހުރި މެޗުތަކަށް ބަލާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ އިންޑިއާ އަދި ނޭޕާލް އެވެ. އަދި ތިންވަނަ މެޗުގައި ރާއްޖެ ނުކުންނާނީ މުބާރާތުގެ ފުރަތަމަ މޮޅު ހޯދުމުގެ އުންމީދުގައި، ޕާކިސްތާނާ ދެކޮޅަށެވެ.
މުބާރާތުގައި މިހާތަނަށް މި ދެޓީމު ކުޅެފައިވާ މެޗުތަކަށް ބަލާއިރު، ރާއްޖެ ކުޅުނު ދެމެޗުންވެސް ބަލިވެ، އޮތީ ތާވަލުގެ ފުލުގައެވެ. ޕާކިސްތާނު ކުޅުނު ހަމައެކަނި މެޗުން ވަނީ 1-1 ގެ ނަތީޖާއަކުން ބޫޓާންއާ އެއްވަރުވެފައެވެ.


