logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްޖިދުލް ބަރުބަރީ ރަމަޟާންމަހުގެ ކުރިން ހުޅުވަނީ

އައިޝަތު ނަޝާ
17 ޖެނުއަރީ 2026 - 12:39
މަސްޖިދުލް ބަރުބަރީ ރަމަޟާންމަހުގެ ކުރިން ހުޅުވަނީ

މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް އަންނަ ރަމަޟާން މަހުގެކުރިން ހުޅުވޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް ވިދާޅުވީ, ބަރުބަރީ މިސްކިތުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެކަމަށާއި، އަދި އަންނަ ރަމަޟާން މަހު ކުރިން އެ މިސްކިތް ހުޅުވާ، ރަމަޟާންމަހު އެތަނުގައި ނަމާދުކުރެވޭނެކަމަށްށެވެ.

3 ބުރިއަށް އިމާރާތްކުރާ މި މިސްކިތަކީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި އަހަރުގެ ތެރޭގައި ގިނަ މިސްކިތްތަކެއް ހުޅުވުމަށް ވަނީ ނިންމާފައެވެ.

ރަމަޟާންމަހާއި ދިމާކޮށް ކޮންމެ އަހަރަކުވެސް އައު މިސްކިތް ހުޅުވުމުގެ މަސައްކަތާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސަރުކާރުން ކުރެއެވެ. މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމަށްވެސް މިމަސައްކަތްތައް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.

އެގޮތުން އަންނަ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މުޅި އައު 15 މިސްކިތުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި މިސްކިތް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ އަމިއްލަ ފަރާތަކާއެވެ. އަދި އެކަމާ ގުޅޭ އެއްބަސްވުމުގައި އެ ވުޒާރާއިން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްޖިދުލް ބަރުބަރީ ރަމަޟާންމަހުގެ ކުރިން ހުޅުވަނީޚަބަރު | 2 ގަޑިއިރު ކުރިންއަންނަ ރޯދަ މަހުގެ 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ: މިނިސްޓަރ ޝަހީމްޚަބަރު | 19 ދުވަސް ކުރިންކުރިއަށް އޮތް 6 މަސްތެރޭ ގިނަ މިސްކިތްތަކެއް ހުޅުވިގެންދާނެ: ވަޒީރު ޝަހީމްޚަބަރު | 22 ދުވަސް ކުރިންފޭސް ދެއެއްގައި ބިނާކުރި ޗާލު މިސްކިތް ހުޅުވުން ހުކުރު ދުވަހުޚަބަރު | މަހެއް ކުރިން