logo
Bank of Maldives

Bank of Maldives

ޚަބަރު

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ އައްޑޫ ހިތަދޫއަށް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
7 އޮކްޓޯބަރު 2024 - 04:41
އައްޑޫ ސިޓީ ހިތަދޫ -- ފޮޓޯ/ އައްޑޫ ލައިވް
އައްޑޫ ސިޓީ ހިތަދޫ -- ފޮޓޯ/ އައްޑޫ ލައިވް

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ އައްޑޫ ސިޓީ ހިތަދޫއަށް ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިއްޔެއާއެކު ކުރިއަށް މި އޮތް ހަތަރު ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާއިރު، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އިއްޔެގެ ހެނދުނުން ފެށިގެން މިއަދުގެ ހެނދުނާ ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ ދެކުނުގެ އަތޮޅުތަކަށެވެ. އެގޮތުން އެންމެ ގިނައިން ވާރޭ ވެހުނު އައްޑޫ ސިޓީ ހިތަދޫއަށް 89.9 މިލިމީޓަރުގެ ވާރޭ ވެހުނު އިރު، ފުވައްމުލަކަށް ވަނީ 70.0 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އަދި ލ. އަތޮޅުގެ ކައްދޫ އަދި މާވަށަށް 55 އެވްރެޖް ގޮތެއްގައި މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

އެ ހިސާބުތަކުން ފެންނަ ގޮތުން، ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކުގެ މޫސުން ، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވުރެ ރަނގަޅެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ މަދުން ވާރޭ ވެހުނު އެއް ރަށްތަކުގެ ތެރޭގައި ހއ. އަދި ހދ. އަތޮޅުގެ ރަށްތައް ހިމެނެއެވެ.

މިއަދުގެ އިރު އޮއްސި ހަޔެއް ޖެހުމާ ހަމައަށް ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާއިރު، ގުގުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. ވައި ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއަކު 13 މޭލާއި 25 މޭލާއި ދެމެދުގައި ވިޔަސް، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ އިރު، ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

އެހެން ކަމުން މޫސުމަށް ސަމާލުކަން ދިނުމަށާއި، މަޖުބޫރު ޙާލަތްތަތަކުގައި މެނުވީ ކަނޑުމައްޗަށް ނޭރުމާއި، ކަނޑު ދަތުރުފަތުރު ކުރުމުގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ސަލާމަތީ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަގީންކުރުމަށް އިދާރާތަކުން އިލްތިމާސްކުރެއެވެ. އަދި ވަކިން ޚާއްސަކޮށް، ކަނޑު ދަތުރުފަތުރު ކުރުމުގައި އެކަނި ކަނޑުމައްޗަށް ނޭރުމަށް ވެސް އިދާރާތަކުން އިލްތިމާސް ކުރެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ހަފްތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެޚަބަރު | 7 ދުވަސް ކުރިން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި ޚަބަރު | 8 ދުވަސް ކުރިންއިންޑިއާ ކަނޑުގައި އުފެދިފައިވާ ތޫފާނެއްގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މޫސުން ގޯސްވާނެ :މެޓް އޮފީސްޚަބަރު | 10 ދުވަސް ކުރިންބޯކޮށް ވާރޭ ވެހި ކަނޑުތައް ގަދަވެ، ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލުޚަބަރު | 10 ދުވަސް ކުރިން