logo
Bank of Maldives

Bank of Maldives

ޚަބަރު

ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ކައުންސިލްތަކަށާއި ޑަބްލިޔުޑީސީތަކަށް ވާދަކުރަން ހުޅުވާލައިފި

ޒިދާން މުޙައްމަދު
18 ޖެނުއަރީ 2026 - 16:22
ޑިމޮކްރެޓްސްގެ މެންބަރުންތަކެއް -- ފޮޓޯ/ މިހާރު
ޑިމޮކްރެޓްސްގެ މެންބަރުންތަކެއް -- ފޮޓޯ/ މިހާރު

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026ގައި ވާދަކުރަން ބޭނުންވާ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ދަ ޑިމޮކްރެޓްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ޕާޓީގެ އިންޓަރިމް ކޮމިޓީއިން އިލެކްޝަންސް ކޮމިޝަންސްއާ ބައްދަލުކޮށް، ލޯކަލް ކައުންސިލް އިންތިޚާބު 2026ގައި ވާދަކުރަން ބޭނުންވާ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނަށް އެ ޕާޓީން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތާއި ޕާޓީގެ އިދާރާއިން ކުރަންޖެހޭ ކަންކަމާގުޅޭ މަޢުލޫމާތު ހޯދައި، އެކަށީގެންވާ މިންވަރަށް ތައްޔާރުވެވިފައިވާކަމަށެވެ.

އެ ޕާޓީން ބުނީ، ކުރިއަށްއޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ދަ ޑިމޮކްރެޓިކްސްގެ މެމްބަރުންނަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. މި އިންތިޚާބަށް އެޕްލިކޭޝަން ހުށަހެޅޭނީ މައި ޕޯޓަލް މެދުވެރިކޮށްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަނަށް ހުށަހަޅާނީ، my.elections.gov.mv ޕޯޓަލް މެދުވެރިކޮށް، އޮންލައިންކޮށް މަޢުލޫމާތު ހުށަހަޅުއްވައިގެންނެވެ. އަދި މިދިޔަ ޑިސެމްބަރުމަހުގެ 1ގެ ފަހުން ނާގަފައިވާ މުޅި އުމުރުގެ ކުށުގެ ރިކޯޑާއި، ދަރަނި ކްލިއަރެންސް ރިޕޯޓު އަޕްލޯޑު ކުރަންޖެހޭނެއެވެ.

މިކަމާގުޅޭ އިތުރު މަޢުލޫމާތެއް ހޯއްދެވުމަށް އެ ޕާޓީގެ އީމެއިލްއެޑްރެސް we@thedemocrats.mv އަށް މެއިލްކުރެއްވުމަށް އެ ޕާޓީން އެދިފައިވެއެވެ. މި އިންތިޚާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިވާ ޑިމޮކްރެޓްސްގެ މެމްބަރުންނަށް ޝައުގުވެރިކަން ފާޅުކުރެއްމަށް އީ ފޯމްލިންކެއް ފޯރުކޮށްދެވޭނެކަމަށް އެ ޕާޓީން ވިދާޅުވެއެވެ. މި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 31އެވެ.

އެއް ގޮނޑިއަށް ގިނަ ކެނޑިދޭޓުން ޝައުގުވެރިކަން ފާޅުކުރައްވައިފިނަމަ ޕާޓީގެތެރެއިން ޕްރައިމަރީއަކުން ކެންޑިޑަސީ ކަނޑައެޅޭނެކަމަށް އެ ޕާޓީން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާޓީ ބަދަލުކުރުމުން ވ. ތިނަދޫ ކައުސިލް ރައީސްގެ ގޮނޑިއާ މެދު ގޮތެއް ނިންމަންޖެހިއްޖެޚަބަރު | 4 ގަޑިއިރު ކުރިންމެމްބަރުން ހަމަނުވެގެން ޑިމޮކްރެޓްސް އާއި ލޭބަރ ޕާޓީ އުވާލައިފިޚަބަރު | 2 ދުވަސް ކުރިންދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ކައުންސިލްތަކަށާއި ޑަބްލިޔުޑީސީތަކަށް ވާދަކުރަން ހުޅުވާލައިފިޚަބަރު | 5 މަސް ކުރިންއެމްޑީޕީގައި ''ފަނި''އެޅުމުން ކުރިމަގު ގެއްލި އާންމު މެމްބަރުން ދެވަނަ ވިސްނުމަކަށްރިޕޯޓް | އަހަރެއް ކުރިން