logo
Bank of Maldives

Bank of Maldives

ކުޅިވަރު

10 ކުޅުންތެރިންނާއެކު ކުޅުނު ސޮސިޑޭޑްއަތުން ބާސާ ބަލިވެ ރެއާލް އާއި ދެމެދު ފަރަޤު އެންމެ ޕޮއިންޓަކަށް

އަބްދުﷲ ޣާނިމް
19 ޖެނުއަރީ 2026 - 03:30
10 ކުޅުންތެރިންނާއެކު ކުޅުނު ސޮސިޑޭޑްއަތުން ބާސާ ބަލިވެ ރެއާލް އާއި ދެމެދު ފަރަޤު އެންމެ ޕޮއިންޓަކަށް

ލަލީގާގައި ރޭގައި ރެއާލް ސޮސިއެޑާޑް އަތުން 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިވެއްޖެއެވެ. މުޅި މެޗުގައި ބޯޅަ ހިފަހައްޓައިގެން ބާސެލޯނާއިން ގިނަ ވަގުތު ކުޅުނު ނަމަވެސް، ސޮސިއެޑާޑްއިން ވަނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފާ މެޗު ކާމިޔާބުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ 32 ވަނަ މިނެޓުގައި ސޮސިއެޑާޑްއިން އުފެއްދި ހަމަލާއެއްގައި އޮޔާޒަބަލް ވަނީ ހިތްގައިމު ލަނޑެއް ޖަހައި އެޓީމަށް ކުރިހޯދައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި ބާސެލޯނާއިން ކުޅުން ވަރުގަދަކޮށް، މެޗުގެ 70 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރިއެވެ. މިއީ ލަމީން ޔަމާލް ނަގައިދިން ހުރަހަކުން މާކަސް ރަޝްފޯޑް ބޮލުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ. އެހެންނަމަވެސް، ބާސެލޯނާއަށް އުފާފާޅުކޮށްލަން ލިބުނީ އެންމެ މިނެޓެކެވެ. ޖެހިގެން އައި މިނެޓުގައި ގުއެޑޭސް ވަނީ އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައި އަލުން ސޮސިއެޑާޑަށް ކުރިހޯދައިދީފައެވެ.

މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ސޮސިއެޑާޑްގެ ކާލޯސް ސޮލާ އަށް ރަތް ކާޑު ދެއްކުމުން އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުގައެވެ. ބާސެލޯނާއިން މެޗުގެ ފަހު ސިކުންތާ ހަމައަށް ޕްރެޝަރު ބޮޑުކޮށް، ގޯލުގެ ދަނޑިއަށްވެސް ބޯޅައެއް އަމާޒުވި ނަމަވެސް، ސޮސިއެޑާޑްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

މި ބައްޔާއެކު ބާސާއާި ދެވަނައިގައިވާ ރެއާލް މެޑްރިޑް އާއި ދެމެދުގެ ފަރަޤު މިހާރުވަނީ އެންމެ ޕޮއިންޓަކަށް ވެއްޓިފައެވެ.

ރ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކިއްލި ގޮށްޓެއް ހިފައިގެން ބާސެލޯނާއިން ރޮޑްރީގެ ސޮއި ހޯދަން ކުރި ފުރަތަމަ ބިޑު ބޭރުކޮށްލައިފިކުޅިވަރު | ދުވަހެއް ކުރިންހަފްތާއަކަށްވުރެ ގިނަ ދުވަހު ރެއާލްއަށް ހުވަފެން ދެއްކުމަށްފަހު، ބެލަންޑޯ އަދި ވޯލްޑްކަޕްގެ މޮޅުކުޅުންތެރިޔާ ބާސާއަށްކުޅިވަރު | 2 ދުވަސް ކުރިންކަރީމް އަޑެޔެމީ ހޯދުމަށް ބާސެލޯނާއިން ރަސްމީ ބިޑެއް ހުށަހަޅައިފިކުޅިވަރު | މަހެއް ކުރިންއެއްފަހަރާ 150 މިލިޔަން ޔޫރޯ ބާސާއިން ދައްކަން އެއްބަސްވާނަމަ އެތްލެޓިކޯއިން އަލްވާރޭޒް ދޫކޮށްލަން ތައްޔާރުކުޅިވަރު | މަހެއް ކުރިން