logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބާސާގެ ރައީސްކަމަށް ވާދަކުރާ ލަޕޯޓާ އެ ކްލަބުގެ ލެޖެންޑް ޒަވީއާއި ދިމާލަށް މޮޔައެއްކަމަށް ގޮވަންފަށައިފި

އަބްދުﷲ ޣާނިމް
10 މާރިޗު 2026 - 04:00
ބާސާގެ ރައީސްކަމަށް ވާދަކުރާ ލަޕޯޓާ އެ ކްލަބުގެ ލެޖެންޑް ޒަވީއާއި ދިމާލަށް މޮޔައެއްކަމަށް ގޮވަންފަށައިފި

ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ، އެ ކްލަބުގެ ލެޖެންޑް އަދި ކުރީގެ ކޯޗު ޒަވީ ހެނާންޑޭޒްއަށް ވަރުގަދަ ރައްދެއް ދެއްވައި، އޭނާއަކީ މޮޔަ "fool" އަދި "ބަލިކަށި" މީހެއްގެ ގޮތުގައި ސިފަކުރައްވައިފިއެވެ. މި ދެބަސްވުން އުފެދުނީ ލިއޮނަލް މެސީ އަލުން ބާސެލޯނާއަށް ގެނައުމަށް ހުރަސްއެޅީ ލަޕޯޓާ ކަމަށް ބުނެ ޒަވީ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

ލަޕޯޓާ ވިދާޅުވީ ޒަވީ މިހާރު ހިތްހަމަނުޖެހިގެން އުޅެނީ އޭނާގެ ކޯޗުކަމުގެ ދަށުން ބާސެލޯނާ ބަލިވަމުން ދިޔައިރު، މިހާރުގެ ކޯޗު ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ހަމަ އެ ކުޅުންތެރިންނާއެކު ޓީމު މޮޅުވަމުންދާތީ ކަމަށެވެ. "އަހަންނަށް އެނގޭ އޭނާއަށް ތަދުވާނެކަން. އެއީ ހަމަ އެއް ކުޅުންތެރިންތަކަކާއެކު ޒަވީ ދިޔައީ ބަލިވަމުން، އެކަމަކު ހަންސީ ފްލިކް މިދަނީ މޮޅުވަމުން،" ލަޕޯޓާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒަވީ ވަކިކުރި ސަބަބުތައް

ޒަވީ ކޯޗުކަމުން ވަކިކުރި ސަބަބުތަކަށް އަލިއަޅުވާލަމުން ލަޕޯޓާ ވިދާޅުވީ، ޒަވީއަށް މަސައްކަތާއި އާއިލީ ދިރިއުޅުން ބެލެންސް ނުކުރެވުނު ކަމަށާއި، އޭނާގެ ކިބައިގައި އޮތް ޖޯޝް ގެއްލިފައިވާ ކަމަށެވެ. މީގެ އިތުރުން، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ރެއާލް މެޑްރިޑާ ނުވަތަ ޔޫރަޕްގެ ބޮޑެތި ކްލަބުތަކާ ވާދަކުރެވޭނެ ފެންވަރު ބާސެލޯނާގައި ނެތް ކަމަށް ޒަވީ ބުނެފައިވާ ކަމަށްވެސް ލަޕޯޓާ ހާމަކުރެއްވިއެވެ.

ލަޕޯޓާ އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި ޒަވީ ދަނީ އޭނާއާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ވިކްޓަރ ފޮންޓްގެ ބޭނުންތަކަށް ހަތިޔާރެއްގެ ގޮތުގައި ބޭނުންވަމުންނެވެ. ޒަވީ މީގެ ކުރިން ބުނެފައިވަނީ 2023 ވަނަ އަހަރު މެސީ ޕީއެސްޖީ ދޫކޮށްލުމުން އޭނާ އަނބުރާ ގެނައުމަށް ލަޕޯޓާ ހުރަސްއެޅި ކަމަށާއި، މެސީ ގެނެސްފިނަމަ އޭނާއާ ދެކޮޅަށް "ހަނގުރާމަ" ކުރާނެ ކަމަށް ލަޕޯޓާ ބުނި ކަމަށެވެ.

މެސީގެ ފަރާތުން ލިބުނު ތާއީދު

މި މައްސަލައިގައި ޒަވީ ދެއްކި ވާހަކަތަކަށް މެސީގެ ގާތް ފަރާތްތަކުން ތާއީދުކުރާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މަޝްހޫރު ޕުންޑިޓް ސީކޭ ރޮޑްރިގޭޒް ބުނި ގޮތުގައި، ޒަވީގެ ވާހަކަތައް މެސީ ގަބޫލުކުރެއެވެ. "މެސީ ޒަވީގެ ވާހަކަ ގަބޫލުކުރޭ. އޭނާގެ ގާތް މީހުން ބުނަނީ މަޑުމަޑުން ހަގީގަތް ހާމަވަމުންދާ ކަމަށް،" ރޮޑްރިގޭޒް ބުންޏެވެ.

މި ބަހުގެ ހަމަލާތަކަކީ ކުރިއަށް އޮތް ބާސެލޯނާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވާނެ ކަމެއް ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ކްލަބުގެ އެންމެ ބޮޑު ދެ ލެޖެންޑުން ކަމަށްވާ މެސީ އާއި ޒަވީއާ ލަޕޯޓާއާ ދެމެދު އޮތް ގުޅުން ގޯސްވުމަކީ އޭނާއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސާގެ ރައީސްކަމަށް ވާދަކުރާ ލަޕޯޓާ އެ ކްލަބުގެ ލެޖެންޑް ޒަވީއާއި ދިމާލަށް މޮޔައެއްކަމަށް ގޮވަންފަށައިފިކުޅިވަރު | ގަޑިއިރެއް ކުރިންމެސީ ބާސެލޯނާއަށް އެނބުރިއައުން ހުއްޓުވީ ލަޕޯޓާ - ބާސެލޯނާގެ ކުރީގެ ކޯޗު ޒަވީކުޅިވަރު | 20 ގަޑިއިރު ކުރިންޔަމާލުގެ މޮޅުވި ޖާދޫ ގޯލާއެކު ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ހަތަރު ގޯލުގެ ލީޑެއް ނަގައިފިކުޅިވަރު | 2 ދުވަސް ކުރިންފޮނުއަރުވާފަ އުޅުނު ބާސެލޯނާ ކޮޕަޑެލްރޭ އިން ބޭރުކޮށްލައިފިކުޅިވަރު | 6 ދުވަސް ކުރިން