logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގާއާޑިއޯލާގެ ސިޓީއިން އަނެއްކާވެސް ބޮނޑިބޮއެފި

އަބްދުﷲ ޣާނިމް
21 ޖެނުއަރީ 2026 - 04:38
ގާއާޑިއޯލާގެ ސިޓީއިން އަނެއްކާވެސް ބޮނޑިބޮއެފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނޯވޭގެ ބޯޑޯ ގްލިމްޕްޓް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން ސިޓީ ބަލިވެއްޖެ އެވެ. އެންމެފަހުން ކުޅުނު ލީގު ދެމެޗުން މޮޅެއްނުލިބި އޮތް ސިޓީއިން ރޭގެމެޗުގައިކުޅެފައިވަނީ ނޯވޭގެ އާޓިފިޝަލް ދަނޑެއްގައި، މައިނަސް ނުވަ ޑިގްރީގެ ފިނިހޫނުމިނެއްގައެވެ.

ޕްރިމިއާ ލީގުގައި އެންމެ ފަހުން މެންޗެސްޓަރ ޔުނައިޓެޑް އަތުން ބަލިވި މެޗަށްފަހު ސިޓީ ކުޅުނު ފުރަތަމަ މެޗުގެ 22 ވަނަ މިނިޓުގައި ބޯޑޯ ގްލިމްޓްގެ ކެސްޕަރ ހޯގް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ދެ މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި މެޗަށް ނިކުތުމުގެ ކުރިން ކެސްޕަރ ހޯގް އެންމެ ފަހުން ކުޅުނު 16 މެޗުގައި އޭނާއަށް ޖެހިފައިވަނީ އެންމެ ލަނޑެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 13 ވަނަ މިނިޓުގައި ބޯޑޯ ގްލިމްޓްގެ ޔެންސް ޕީޓަރ ހޯގް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ. މެންޗެސްޓަރ ސިޓީ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 60 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ރަޔާން ޗަރކީ އެވެ.

ސިޓީ އިން ލަނޑެއް ޖަހާ އުންމީދު އައު ކުރި ނަމަވެސް، އޭގެ ދެ މިނިޓު ފަހުން އެ ޓީމުގެ ރޮޑްރީ އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. މިއީ ބޯޑޯ ގްލިމްޓްގެ ތާރީޚުގައި އިނގިރޭސި ޓީމެއް އަތުން އެ ޓީމު މޮޅުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގާއާޑިއޯލާގެ ސިޓީއިން އަނެއްކާވެސް ބޮނޑިބޮއެފިކުޅިވަރު | 2 ގަޑިއިރު ކުރިންތަށިނަގަން ނިކުތް ސިޓީއަށް ހުންގާނު ނެތް އޮޑިއެއް ހަންމަތަކުރަން ނުކުޅެދިއްޖެކުޅިވަރު | 16 ދުވަސް ކުރިންހާލަންޑުގެ ދެގޯލާއެކު ސިޓީ ޕްރިމިއާ ލީގުގެ ދެވަނައަށް އަރައިފިކުޅިވަރު | 3 މަސް ކުރިންގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާކުޅިވަރު | 5 މަސް ކުރިން