logo
Bank of Maldives

Bank of Maldives

ވިޔަފާރި

500 މިލިއަން ޑޮލަރުގެ ސުކޫކުގެ ކޫޕަން ޕޭމެންޓަށް 25 މިލިއަން ޑޮލަރު ދައްކައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
7 އޮކްޓޯބަރު 2024 - 06:38
ފިނޭންސް މިނިސްޓްރީ -- ފޮޓޯ/ އަވަސް
ފިނޭންސް މިނިސްޓްރީ -- ފޮޓޯ/ އަވަސް

މިދިޔަ ސަރުކާރުން ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ކޫޕަން ޕޭމެންޓުގެ ގޮތުގައި ދައްކަންޖެހޭ 25 މިލިއަން ޑޮލަރު ދައްކައިފިއެވެ.

މި ސުކޫކަކީ 2021 ވަނަ އަހަރު، ކުރީގެ ސަރުކާރުން ވިއްކި ސުކޫކެވެ. އެ ސުކޫކުގެ ކޫޕަން ޕޭމެންޓުގެ ފުރަތަމަ ޕޭމެންޓު މި އަހަރުގެ މާރިޗުގައި ދައްކައިފައިވާއިރު، މިއަދު ފިނޭންސް މިނިސްޓްރީން އާންމުކުރި ގޮތުގައި މި ފަހުން ދެއްކީ އެ ސުކޫކުގެ މި އަހަރުގެ ދެވަނަ ޕޭމަންޓެވެ. އެއީ މާދަމާގެ ނިޔަލަށް ދައްކަންޖެހޭ ޕޭމެންޓެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސުކޫކު ކޫޕަން ޕޭމެންޓަކީ ސުކޫކުގެ ވަކި އަގެއް ނުވަތަ އިންސައްތައެއް، އެ ސުކޫކު ދޫކުރި ފަރާތަށް ދެއްކުމަށް ކުރެވޭ ޕޭމެންޓެކެވެ. އެއީ އަހަރަކު އެއް ފަހަރު ނުވަތަ ދެ ފަހަރަކު ދައްކަން ޖެހޭ ޕޭމެންޓެކެވެ.

އެގޮތުން މިއަދު ފިނޭންސް އިން އާންމު ކުރި ބަޔާނުގައި ބުނި ގޮތުގައި، އެ ފައިސާ މިހާރު ދައްކާފައިވާއިރު، ސުކޫކުގެ ކޫޕަން ޕޭމެންޓްތަކަށް ފައިސާ ދެއްކުމަކީ އެ ވުޒާރާއިން ވަރަށް އިސްކަމެއްދީގެން ކުރާ ކަމެކެވެ. އަދި އޭގެ ސަބަބުން ބޭރުގެ އިންވެސްޓަރުންނާއި ކްރެޑިޓަރުންނަށް ޔަގީންކަން ލިބޭނެ ކަމުގައި އެ ވުޒާރާއިން ބުންޏެވެ.

View post on Twitter

 

މިއަދު ދެއްކި ސުކޫކު އެއްކޮށް ދައްކަން ޖެހޭނީ 2026 ވަނަ އަހަރުއެވެ. އޭގެ ކުރިން މި އަންނަ އަހަރު ސުކޫކު ކޫޕަން ޕޭމެންޓުގެ ގޮތުގައި 50 މިލިއަން ޑޮލަރު އަދި 2026 ވަނަ އަހަރު ސުކޫކު ކޫޕަން ޕޭމެންޓެއްގެ ގޮތުގައި 25 މިލިއަން ޑޮލަރު ދައްކަންޖެހޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުރަތަމަ އަހަރު 30 ބިލިއަން ޑޮލަރު، ރަސްމާލެ މަޝްރޫއުން އިގްތިސާދަށް ބޮޑު އިންގިލާބެއްޚަބަރު | 3 ދުވަސް ކުރިންމިދިޔަ އަހަރަށްވުރެ ބޮޑުތަނުން އިތުރުވެ، ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 499 މިލިއަން ރުފިޔާ ލިބިއްޖެޚަބަރު | 5 ދުވަސް ކުރިން50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކީ އެސްޑީއެފްގައި ހުރި ފައިސާއިން: ފިނޭންސް މިނިސްޓްރީޚަބަރު | 7 ދުވަސް ކުރިންއެމްޑީޕީ ސަރުކާރުން އެސްބީއައިއިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކޮށްފިޚަބަރު | 8 ދުވަސް ކުރިން