logo
Bank of Maldives

Bank of Maldives

ޚަބަރު

10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި، 20 ރުފިޔާއަށް ގަންނަން ފަށައިފި

އައިޝަތު ނަޝާ
21 ޖެނުއަރީ 2026 - 12:03
10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި، 20 ރުފިޔާއަށް ގަންނަން ފަށައިފި

ދިހަ ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި 20 ރުފިޔާއަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ގަންނަން ފަށައިފިއެވެ.

މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ކުންފުނީގެ ސެންޓަރުތަކާއި ބޯޓުތަކަށް ބޮޑު ކަންނެލި ގަންނަ އަގަށް ބަދަލުތަކެއް ގެނެސްފައި ވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން، ކޫއްޑޫއާއި އައްޑޫގެ އިތުރަށް ފެލިވަރު ފިޝަރީސް ކޮމްޕްލެކްޝްއަށް ފޮނުއްވި އެ ބަޔާނުގައި ވަނީ، 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނާނީ 20 ރުފިޔާއަށް ކަމަށް ބުނެފައެވެ. އަދި، 15 ކިލޯއިން މަތީގެ ކަންނެލި 25 ރުފިޔާއަށް ގަތުމަށް ވަނީ އަންގާފައެވެ.

ބޮޑު ކަންނެލި މަސްވެރިން މައިގަނޑު ގޮތެއްގައި އެދެނީ ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމަށާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އަދި 100 ރުފިޔާ ކަމަށް ހެދުމަށާއި، މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށާއި، ފަސޭހައިން އައިސް ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށެވެ.

ފިޝަރީސް މިނިސްޓަރ އަހްމަދު ޝިޔާމް އާ އެކު، 20 މަސްވެރިއަކު ވަނީ ބައްދަލުމެއް ބާއްވާފައެވެ. އޭރު ޑިމާންޑުތަކަށް އުންމީދީ ޖަވާބެއް ލިބުނު ކަމަށް މަސްވެރިން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިފްކޯގެ ބައެއް އުފެއްދުންތައް ހުސްނުވެ ލިބޭނެޚަބަރު | 14 ދުވަސް ކުރިންމަސްވެރިންނަށް މިދިޔަ މަހު 40 މިލިއަން ރުފިޔާ ދޫކުރިޚަބަރު | މަހެއް ކުރިން 19 މަސް ދޯންޏަކަށް، 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | މަހެއް ކުރިން10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި، 20 ރުފިޔާއަށް ގަންނަން ފަށައިފިޚަބަރު | 2 މަސް ކުރިން