logo
Bank of Maldives

Bank of Maldives

ޚަބަރު

އިންޑިޔާގެ ރޫޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭނެ ގޮތް ހަދައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
7 އޮކްޓޯބަރު 2024 - 08:16
ރާއްޖޭގައި މިއަދުން ފެށިގެން ބޭނުންކުރާނެ ރޫޕޭ ކާޑު -- ފޮޓޯ/ ފިން ޝޮޓް
ރާއްޖޭގައި މިއަދުން ފެށިގެން ބޭނުންކުރާނެ ރޫޕޭ ކާޑު -- ފޮޓޯ/ ފިން ޝޮޓް

އިންޑިޔާގެ ރޫޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހަދައި، މިއަދު އިފްތިތާޙްކޮށްފިއެވެ.

ރޫޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތަށް އިފްތިތާހުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއެކު ކުރެއްވި މަޝްވަރާ ބައްދަލުވުންތަކަށް ފަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ޚިދުމަތް ރާއްޖޭގައި ތައާރަފްކުރުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ، އިންޑިއާގެ އިންސްޓެންޓު ސިސްޓަމް، ޔުނިފައިޑް ޕޭމަންޓު އިންޓަފޭސް (ޔޫޕީއައި)ގެ ޚިދުމަތް ވެސް ރާއްޖޭގައި ފަށާނެ ކަމުގައި ވިދާޅުވެފައެވެ.

undefined

ރައީސް ޑރ މުޙައްމަދު މުޢިއްޒު އިންޑިޔާގެ ބޮޑު ވަޒީރާ ކުރެއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން އެ މަސައްކަތް ކުރުމަށް ރާއްޖެއާއި އިންޑިޔާގެ ފަރާތުން މީގެ ކުރިން ވަނީ އެމްއޯޔޫއެއްގައި ވެސް ސޮއިކޮށްފައެވެ. އެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ މީގެ ކުރިން، އެގައުމުގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިއަދު ރާއްޖޭގައި ތައާރަފްކުރި ރޫޕޭ ކާޑުގެ ފުރަތަމަ މުއާމަލާތް، ބިޒްނަސް ސެންޓާ ކޯޕަރޭޝަނުގެ ދަށުން ހިންގަމުން އަންނަ އޮތެންޓިކް މޯލްޑިވްސްގެ މާލޭގެ ފިހާރައިގައި ވަނީ ހިންގާފައެވެ. އެ ކާޑަކީ ދިވެހީން އާންމު ގޮތެއްގައި ވެސް ބޭނުންކުރާ މާސްޓާ ކާޑު އަދި ވިސާ ކާޑު ގޮތަށް ބޭނުންކުރެވޭނެ ކާޑެކެވެ. އެ ކާޑު ބަލައިގަތުމަށް ބީއެމްއެލް އިން ވެސް ވަނީ ނިންމާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ 507 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން އެކްޓިވްވެއްޖެޚަބަރު | 3 ގަޑިއިރު ކުރިންރާއްޖެއާއެކު އޮތީ އަޚްވަންތަކަމުގެ މިސާލީ ގުޅުމެއް، ތަރައްޤީއަށް ސަޢޫދީގެ ފުރިހަމަ އެހީ ލިބޭނެ: ސަފީރުޚަބަރު | 19 ގަޑިއިރު ކުރިން''ރާއްޖެއާއި ސައުދީގެ ގުޅުން އައު ބާބަކަށް, އިންވެސްޓްމަންޓްތަކަށް ބޮޑެތި ފުރުސަތުތަކެއް''ޚަބަރު | 20 ގަޑިއިރު ކުރިން''ގެއްލެމުންދާ އެކުވެރިކަމާއި އިޙްތިރާމްކުރުމުގެ އާދަ އަނބުރާ ހޯދަން ރައީސްގެ ޚާއްޞަ އިސްނެންގެވުމެއް''ޚަބަރު | ދުވަހެއް ކުރިން