އައްޑޫގައި ސައިކަލެއްގައި ދިޔަ މީހަކު މަގު އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި މީހެއްގެ ގައިގައި ޖަހައި މާރީމާރީ ހިންގައިފި
21 ޖެނުއަރީ 2026 - 17:54
އައްޑޫ ސިޓީ ހިތަދޫގައި ސައިކަލެއްގައި ދިޔަ މީހަކު، މަގުގެ އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހިތަދޫ ނޫރަލީ މަގުގައެވެ. އެ މަގުން ސައިކަލެއްގައި ދިޔަ މީހަކު، އެ ވަގުތު މަގުގެ އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ވަނީ ލިބިފައެވެ.

Ad by Hajj Corporation
މި މާރާމާރީއާ ގުޅޭގޮތުން ފުލުހުން އިތުރަށް ބުނީ، މި ހާދިސާގައި އެއްވެސް ބާވަތެއްގެ ތޫނު އެއްޗެއް ބޭނުންކޮށްފައި ނުވާ ކަމަށެވެ. އަދި މި ހަމަލާގެ ސަބަބުން އެއްވެސް މީހަކަށް ބޭރުފުށުން ފެންނަން ހުރި އަނިޔާއެއް ނުވަތަ ޒަހަމެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް މި ހާދިސާއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.


