logo
Bank of Maldives

Bank of Maldives

ޚަބަރު

ތިން ސްޕޯޓްސް ކޮމްޕްލެކްސް އަޅަން އެމްއޭސީއެލްއަށް ހަވާލުކޮށްފި

އައިޝަތު ނަޝާ
22 ޖެނުއަރީ 2026 - 05:32
ތިން ސްޕޯޓްސް ކޮމްޕްލެކްސް އަޅަން އެމްއޭސީއެލްއަށް ހަވާލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް މާލެ ސަރަޙައްދުގައި ގާއިމުކުރާ ތިން ސްޕޯޓްސް ކޮމްޕްލެކްސް އަޅަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަވާލުކޮށްފިއެވެ.

މާލެ ސަރަޙައްދުގައި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރަނީ ހުޅުމާލެ ފޭސް އެކެއް، ހުޅުމާލެ ފޭސް ދޭއް އަދި ވިލިމާލޭގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައެވެ. ކުޅިވަރު ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިއުއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދުއެވެ.

ސަރުކާރުން މުޅި ރާއްޖޭގައި ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރައްވާނެކަމަށް ރައީސް މުޢިއްޒު ވަނީ ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކާއި، ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި މީގެ ކުރިން ވިދާޅުވެފައެވެ.

ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރާނީ އެކި ކުޅިވަރުތައް ކުޅެވޭ ގޮތަށް ސަޕޯޓަރުންގެ ޖާގަ ވެސް ހިމަނައިގެންނެވެ. އަދި، އިޖުތިމާއީ މުހިއްމު ހަރަކާތްތައް ވެސް ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ ޖާގައިގައި ކުރިއަށްގެންދެވޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭން މެދުއިރުމައްޗަށް ދަތުރުކުރާ ފަރާތްތަކަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފިޚަބަރު | 10 ދުވަސް ކުރިންވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފިޚަބަރު | 21 ދުވަސް ކުރިންމާދަމާއިން ފެށިގެން ޑޮމެސްޓިކް ޓަރމިނަލަކީ ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލް!ޚަބަރު | 23 ދުވަސް ކުރިންއެމްއޭސީއެލް އިން އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް އެވޯޑެއް ދީފިޚަބަރު | 25 ދުވަސް ކުރިން