logo
Bank of Maldives

Bank of Maldives

ޚަބަރު

އައިންތު މިސް އާއި އަމީންގެ އާއިލާ އަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

މުޙައްމަދު އަފްރާޙް
22 ޖެނުއަރީ 2026 - 09:01
އައިންތު މިސް އާއި އަމީންގެ އާއިލާ އަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ދިވެހިބަސް އުނގަންނައި ދެއްވުމާއި ބަސް ކުރިއެރުވުމުގައި ދިގު މުއްދަތަކު ޚިދުމަތް ކޮށްދެއްވި އާމިނަތު ޙަސަން (އައިންތު މިސް) އަވަހާރަވުމުގެ ހިތާމައިގައާއި މާލެ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހުއްޓާ ފިޓުޖެހިގެން ނިޔާވި އަމީން ޢަބްދުލްހަމީދުގެ އާއިލާ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މެދުވެރިކުރައްވާ އެ ދެ މަރްހޫމުންގެ އާއިލާއަށް ފޮނުއްވި މެސެޖުގައި ރައީސް ވަނީ ދިވެހިބަސް އުނގަންނައި ދެއްވުމާއި ބަސް ކުރިއެރުވުމުގައި ދިގު މުއްދަތަކު ޚިދުމަތް ކޮށްދެއްވި އާމިނަތު ޙަސަން އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް، އަދި ތަޢުލީމާއި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ތަޢުޒިޔާ ދަންނަވާފައެވެ. އަދި މަރްޙޫމާ އާމިނަތު ޙަސަނަށް މާތްﷲގެ ތަނަވަސް ރަޙްމަތް މިންވަރުކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ވަނީ ދުޢާކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައިންތު މިސް ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު އައިޖީއެމްއެޗްގައެވެ. ނިޔާވީއިރު އުމުރުފުޅަކީ 58 އަހަރެވެ. އައިންތު މިސް ވަނީ ދިވެހި ބަސް އުނގަންނައިދިނުމުގައި 34 އަހަރު ހޭދަކުރައްވާފައެވެ. އައިންތު މިސް ވަނީ މީޑިއާ ކައުންސިލްގެ މެމްބަރުކަމާއި، އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުކަންވެސް ކުރައްވާފައެވެ.

މާލެ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހުއްޓާ ފިޓުޖެހިގެން ނިޔާވި އެމްޕީއެލް މުވައްޒަފް އަމީން ޢަބްދުލްޙަމީދުގެ އާއިލާ އަށް ފޮނުއްވި މެސެޖުގައި ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވި ހިތާމަވެރި ޙާދިސާއާ ގުޅިގެން، މަރްޙޫމްގެ ޢާއިލާއަށާއި އެމްޕީއެލްގެ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވާފައެވެ. އަދި މަރްޙޫމް އަމީން ޢަބްދުލްޙަމީދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ވަނީ ދުޢާ ދަންނަވާފައެވެ.

ޑިއުޓީގައި ހުއްޓާ ފިޓުޖެހި، އަމީން ވެއްޓުނީ މާލޭ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތު ޖެޓީ ސަރަހައްދު މޫދަށެވެ. މި ހާދިސާ ހިނގުމާއެކު، އެ ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އެމެރޖެންސީ ރެސްޕޮންސް ޓީމުން ވަނީ ވަގުތުން އެ ސަރަހައްދަށް އެޓެންޑްވެ، އެމްބިއުލަންސްގައި އައި.ޖީ.އެމް.އެޗް އަށް ގެންގޮސްފައެވެ. އުމުރުން 30 އަހަރުގެ އަމީން މަސައްކަތްކުރަމުންދިޔައީ އެމް.ޕީ.އެލްގެ ފްލީޓް ސަަރވަސް ޑިޕާޓްމަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއަރ ޑެކް ހޭންޑެއްގެ މަގާމުގައެވެ. އެމްޕީއެލްގެ ވަޒީފާއާ އަމީން ގުޅުނީ 2020 ވަނަ އަހަރުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިންތު މިސް އާއި އަމީންގެ އާއިލާ އަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންއެމްޕީއެލް މުވައްޒަފެއް ފިޓް ޖެހިގެން ނިޔާވެއްޖެޚަބަރު | 3 ގަޑިއިރު ކުރިންމާލޭގައި މަސްދަޅުކޭސް ބެހުން މި މަހުގެ 24 ގައި ފަށަނީޚަބަރު | 4 ގަޑިއިރު ކުރިންރޯދައަށް މާލެ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ގާއިމް ކުރަނީޚަބަރު | ދުވަހެއް ކުރިން