ނައްތާލަން ބޭނުންވާ މުޞްޙަފްތަކާއި ޙަދީޘް ފޮތްތައް މާލެ ސިޓީ ކައުންސިލަށް ހަވާލުކުރުމުގެ ފުރުސަތު!
23 ޖެނުއަރީ 2026 - 05:16

ނައްތާލަން ބޭނުންވާ މުޞްޙަފްތަކާއި ޙަދީޘް ފޮތްތައް މާލެ ސިޓީ ކައުންސިލަށް ހަވާލުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ބުނީ، މާލެ ސިޓީގެ ގޭގޭގައި ހުރި، ނައްތާލަން ބޭނުންވާ، ބާވެ ނުވަތަ ހަލާކުވެފައިވާ މުޞްޙަފްތަކާއި ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ކީރިތި ރަސޫލާ (صلى الله عليه وسلم)ގެ ޙަދީޘްތައް ލިޔެފައި ހުންނަ ފޮތްތަކާއި ލިޔުންތައް، އެ އިދާރާއާ ހަވާލު ކުރެވޭނެ އިންތިޒާމް، ހަމަޖެހިފައިވާ ކަމަށެވެ.

Ad by Hajj Corporation
މިގޮތުން، މިފުރުސަތުގައި ތަކެތި ހަވާލުކުރެވޭނެ މުއްދަތެއް ކަމަށް ކަނޑައެޅީ، 24 ޖެނުއަރީ 2026 ވާ ހޮނިހިރު ދުވަހުން ފެށިގެން، 29 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް، މެންދުރު ފަހު 1:00 އިން ހަވީރު 5:00ގެ ނިޔަލަށެވެ.
މިފުރުސަތޔގެ ތެރެއިން، ތަކެތި ބަލައިގަންނަނީ ތިން ތަނަކުންނެވެ. އެއީ:
މާލެ : ސިނަމާލެ 3 ގެ ގޯތިތެރެ (ގަލޮޅު މަދުރަސާ ކުރިމަތިން ބުރުޒުމަގުން ސިނަމާލެ 3 ގެ ގޯތިތެރެއަށް ވަދެވޭ ގޭޓުން އެތެރެ )
ވިލިމާލެ : މާލޭ ސިޓީ ކައުންސިލް އިދާރާގެ ވިލިމާލެ ސެކްޝަން
ހުޅުމާލެ : މާލޭ ސިޓީ ކައުންސިލް އިދާރާގެ ހުޅުމާލެ އޮފީސް
މާލެ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލްގެ އިދާރާއިން ބަލައިގަންނާނީ، އެ މުއްދަތުގެ ތެރޭގައ، ގޭގެއިން ހަވާލުކުރާ، ނައްތާލަން ބޭނުންވާ، ބާވެ ނުވަތަ ހަލާކުވެފައިވާ ތަކެއްޗެވެ.
އިތުރު މަޢުލޫމާތު ސާފު ކުރުމަށް ގުޅޭނެ ނަމްބަރެއްވެސް މާލެ ސިޓީ ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ. މިގޮތުން އެ ކައުންސިލްގެ އިދާރާގެ ނަންބަރު 7994565 ފޯނާ ގުޅުމަށް ވަނީ އެދިފައެވެ.


