logo
Bank of Maldives

Bank of Maldives

ޚަބަރު

ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށައިފި

އައިޝަތު ނަޝާ
23 ޖެނުއަރީ 2026 - 10:31
ު ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށައިފި

ނ. ވެލިދޫއަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފަށައިފިއެވެ.

ނ. ވެލިދޫއަށް ސީޕްލޭން ދަތުރުތަށް ފެށުމަށް ވެލިދޫގައި އެކަމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު އަދި ދަތުރުފަތުރާ މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގާ އައިލޭންޑް އެވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްގެ އިތުރުންގެ ކުންފުނީގެ އިސްވެރިންނާއި ވެލިދޫ ކައުންސިލް މެންބަރު ވަނީ ބައިވެރިވެފައެވެ.

މި ދަތުރުތަށް ފެށުމަށް ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ޤާއިމްކޮށް ވެލިދޫ ކައުންސިލް އިދާރާގައި ޗެކިން ކުރުމަށާއި ދަތުރުވެރިން މަޑުކޮށްލައިގެން ތިބުމަށް ހާއްސަ ލައުންޖެއް ވަނީ ތައްޔާރުކޮށްފައެވެ. އަދި ފުރަތަމަ ފްލައިޓަށް މެންދުރު 1:40 ގައި ވަނީ ޗެކިން ފަށާފައެވެ. ފުރަތަމަ ފްލައިޓު ފުރާފައިވަނީ 2:40 ހާއިރުއެވެ.

ސީޕްލޭން އޮޕަރޭޝަން ފެށުމާއެކު ފުރަތަމަ ފްލައިޓުގައި ގާތްގަނޑަކަށް 15 މީހުން ވަނީ ވެލިދޫއިން މާލެއަށް ފުރާފައެވެ. މީގެ ތެރޭގައި ދިވެހިންނާއި ފަތުރުވެރިންނެވެސް ހިމެނެއެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު ދެދުވަހުއެވެ. އެގޮތުން ކޮންމެ ހަފްތާއަކު ބުދަ ދުވަހާއި ހުކުރު ދުވަހު ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ.

މޯލްޑިވިއަނުން ވެލިދޫއަށް ސީޕްލޭންގެ ދަތުރުތައް ފަށާފައިވާއިރު، ދިވެހިންނަށް ޚާއްސަ ފެއަރ އެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. އެގޮތުން ދަތުރުގެ އެއްކޮޅު ޓިކެޓެއް 999ރުފިޔާއަށް ލިބޭނެއެވެ.

މި ދަތުރުތައް ފެށުމަކީ ނ.އަތޮޅުގައި ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް، އެއަތޮޅަށް ދަތުރުކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. އެމަނިކުފާނުގެ ވަޢުދާއި އެއްގޮތަށް ދަތުރުތަށް މިހާރު ފަށާފައިވާއިރު، މި ދަތުރުތަށް ކުރިއަށް ގެންދާނީ އެއަތޮޅު ވިހަފަރުގައި އެއަރޕޯޓެއް ތަރައްޤީ ކުރެވެންދެން ކަމަށް އެމަނިކުފާނު އޭރު ވިދާޅުވިއެވެ. އޭގެ ފަހުންވެސް ރައްޔިތުން ދަތުރުތައް ކުރިއަށް ގެންދަން ބޭނުންވާނަމަ ދަތުރުތައް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއެކު ބަޖެޓު ޑެފިސިޓް %73.5 ކުޑަވެ އިޤްތިޞާދީ ދުޅަހެޔޮކަން ފަހި މިސްރާބުގައިރިޕޯޓް | 4 ގަޑިއިރު ކުރިންު ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށައިފިޚަބަރު | 4 ގަޑިއިރު ކުރިންހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މަގާމުން ވަކިކޮށްފިޚަބަރު | 21 ގަޑިއިރު ކުރިންއައިންތު މިސް އާއި އަމީންގެ އާއިލާ އަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | ދުވަހެއް ކުރިން