logo
Bank of Maldives

Bank of Maldives

ޚަބަރު

ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވަން ރައީސް މުޢިއްޒު ދައުވަތު ދެއްވައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
7 އޮކްޓޯބަރު 2024 - 08:40
ރައީސް މުޢިއްޒު އަދި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ -- ފޮޓޯ/ ރައީސް އޮފީސް
ރައީސް މުޢިއްޒު އަދި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ -- ފޮޓޯ/ ރައީސް އޮފީސް

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖެއަށް ވަޑައިގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ދައުވަތު ދެއްވައިފިއެވެ.

އެ ދައުވަތު ދެއްވިކަން ރައީސް އިއުލާނުކުރެއްވީ، އިންޑިޔާއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ދެ ބޭފުޅުން އެކުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ރައީސް ވިދާޅުވީ، ބޮޑު ވަޒީރު މޯދީއަށް ދައުވަތު ދެެއްވީ، ރާއްޖެ އާއި އިންޑިޔާގެ ގާތް ގުޅުމަށް 60 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުމަށެވެ.

ރައީސް އިންޑިޔާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި، ބޮޑުވަޒީރު މޯދީއާ ބައްދަލުކުރެއްވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އެގޮތުން އެ ދައުވަތު ރައީސް، މޯދީއަށް ދެއްވީ ވެސް އެ ބައްދަލުވުމުގައެވެ.

އެ ދައުވަތު ގަބޫލުކުރައްވައި މޯދީ ރާއްޖެ ވަޑައިގަންނަވައިފި ނަމަ، އެކަން ވާނީ ބޮޑުވަޒީރު ކަމުގައި ހުންނަވައިގެން މޯދީ ރާއްޖެއަށް ކުރައްވާ ތިން ވަނަ ދަތުރުފުޅަށެވެ. އެގޮތުން މޯދީ ވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ހުވާކުރެއްވުމުގެ ދަރުބާރަށާއި، އޭގެ ފަހުން 2022 ވަނަ އަހަރު ފުރަމާނަ ދަތުރުފުޅެއްގައި މާލެ ވަޑައިގަންނަވައިފައެވެ.

ރައީސް އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގައި މުޅިން އަލަށް ރޫޕޭ ކާޑު އިފްތިތާހްކޮށް، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕް އެއްބަސްވުމެއްގައި ވެސް ދެ ގައުމުން ވަނީ ސޮއިކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ 507 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން އެކްޓިވްވެއްޖެޚަބަރު | 3 ގަޑިއިރު ކުރިންރާއްޖެއާއެކު އޮތީ އަޚްވަންތަކަމުގެ މިސާލީ ގުޅުމެއް، ތަރައްޤީއަށް ސަޢޫދީގެ ފުރިހަމަ އެހީ ލިބޭނެ: ސަފީރުޚަބަރު | 19 ގަޑިއިރު ކުރިން''ރާއްޖެއާއި ސައުދީގެ ގުޅުން އައު ބާބަކަށް, އިންވެސްޓްމަންޓްތަކަށް ބޮޑެތި ފުރުސަތުތަކެއް''ޚަބަރު | 20 ގަޑިއިރު ކުރިން''ގެއްލެމުންދާ އެކުވެރިކަމާއި އިޙްތިރާމްކުރުމުގެ އާދަ އަނބުރާ ހޯދަން ރައީސްގެ ޚާއްޞަ އިސްނެންގެވުމެއް''ޚަބަރު | ދުވަހެއް ކުރިން