logo
Bank of Maldives

Bank of Maldives

ޚަބަރު

ރޯދަ ހަދިޔާ: އެއް އައިޑީކާޑަށް ނެގޭނީ ދެ މަސްދަޅުކޭސް

އައިޝަތު ނަޝާ
23 ޖެނުއަރީ 2026 - 10:57
ރޯދަ ހަދިޔާ: އެއް އައިޑީކާޑަށް ނެގޭނީ ދެ މަސްދަޅުކޭސް

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅުކޭސް ނެގުމުގައި އެއް އައިޑީކާޑު ބޭނުންކުރައްވައިގެން ނެންގެވޭނީ އެންމެ ގިނަވެސް ދެ މަސްދަޅުކޭސް ކަމަށް ސިޓިތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.

އެވުޒާރާއިން ބުނީ، މަސްދަޅުކޭސްތައް ގޭބިސީތަކަށް ދޫކުރުމުގައި ސަރުކާރުން މަސައްކަތްކުރައްވަނީ ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ކޮންމެ އަހަރެއްގެ ރަމަޟާން މަހު ސަރުކާރުން ދަނީ ރޯދަ ހަދިޔާ ދެމުންނެވެ. މިދިޔަ އަހަރުގެ ރޯދަމަހެކޭ އެއްގޮތަށް މިއަހަރުގެ ރޯދަމަހުވެސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ވަނީ ނިންމަވާފައެވެ. މިފަހަރު ގޭބިސީތަކަށް ބަހާނީ 48 ދަޅު ހިމެނޭ ކޭސްތަކެއް ކަމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކުރިއަށް އޮތް ރަމަޟާން މަހުވެސް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅުކޭސް ދޭއިރު، ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރާއްޖޭގެ ޑޮމެސްޓިކް ރޭޓުގައި ބިލު ކުރާ ކޮންމެ ގޭބީސީއަކަށް ރޯދަ މަހު އެންމެ ބޮޑުވެގެންވެސް ލިބޭނީ، 400 ރުފިޔާގެ ކަރަންޓު ބިލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ ރަމަޟާންމަހު ސަރުކާރުން ވަނީ، ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 50،519 މަސްދަޅު ކޭހާއި، އަތޮޅު ތެރޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 60،712 މަސްދަޅު ކޭހެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދަ ހަދިޔާ މަސްދަޅު މާލެ ސަރަހައްދުގައި ބަހާ ނިމިއްޖެޚަބަރު | މަހެއް ކުރިންމަސްދަޅު ކޭސް ނަގައިފިންތަ؟ މިއީ ފަހު ރޭ!ޚަބަރު | މަހެއް ކުރިންއަތޮޅުތަކަށް މަސްދަޅު ކޭސް ފޮނުވަން ފަށައިފިޚަބަރު | މަހެއް ކުރިންމާލެ ސަރަހައްދުގައި މަސްދަޅުކޭސް ބަހަން ފަށައިފިޚަބަރު | 2 މަސް ކުރިން