logo
Bank of Maldives

Bank of Maldives

ޚަބަރު

ވަތަނީ ހިދުމަތުގެ ތަމްރީނަށް ފުރި ދެވަނަ ބެޗަށް، ރައީސް ކާމިޔާބީއަށް އެދިވަޑައިގެންފި

އައިޝަތު ނަޝާ
24 ޖެނުއަރީ 2026 - 14:59
ވަތަނީ ހިދުމަތުގެ ތަމްރީނަށް ފުރި ދެވަނަ ބެޗަށް، ރައީސް ކާމިޔާބީއަށް އެދިވަޑައިގެންފި

‏ދިވެހި ވަތަނީ ހިދުމަތް (ނޭޝަނަލް ސާވިސް ޕްރޮގްރާމް) ގެ ދެވަނަ ބުރުގެ ތަމްރީންތަކުގައި ބައިވެރިވުމަށް މިއަދު ފުރި 350 ބައިވެރިންނަށް ކާމިޔާބީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

މި ބައިވެރިން ފުރުމާއި ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތިން މަސްދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ދެވަނަ ބުރުގެ ފެށުން ބައިނަލްއަގްވާމީ ތަޢުލީމާބެހޭ ދުވަހުގައި ފެށިގެން ދިއުމަކީވެސް ހާއްސަ އުފަލެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މިއީ، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، ލީޑަރޝިޕާއި، ފަސްޓްއެއިޑާއި، ފަޔަރފައިޓިންގ އާއި، ހަށިހެޔޮކަމާއި، ފެތުމާއި މޫދަށް އަހުލުވެރި ކުރުވުމާއި، ފީލްޑް އެކްޓިވިޓީތަކުގެ އިތުރުން ޝައުޤުވެރި އަދި ބޭނުންތެރި ތަފާތު އެހެނިހެން އެތައް ޙަރަކާތްތަކެއް އެކުލެވޭގޮތަށް ކުރިއަށް ގެންދާ ތަމްރީނެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ތަމްރީނުގެ މުއްދަތުގައި، މި ޒުވާނުންގެ ހިތްތަކުގައި ދީނުގެ ރުކުންތަކަށާއި އިސްލާމީ ޝިޢާރުތަކަށް ލޯބި އިތުރުކޮށް، މި ޒުވާނުންނަކީ ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވާ އާލާކުރުމަށް ޝައުޤުވެރިވާ، އަޚުލާޤާއި ސުލޫކު ރަގަޅު، ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަދި، ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް މި ޒުވާނުން ވެގެންދާނެ. ތަމްރީނުގެ ހުރިހާ ބައިވެރިންނަށްވެސް ކާމިޔާބީއަށް އެދެން".ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

މިއީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަހްލާގް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރެއްވުމަށް ރައީސް ޑރ. މުއިއްޒު އިސް ނަންގަވައިގެން ރާއްޖޭގައި މުޅިން އަލަށް ފެށި ޕްރޮގްރާމެކެވެ.

މި ފަހަރުގެ ބެޗުގައި ރާއްޖޭގެ 112 ރަށަކުން ޖުމުލަ 350 ދަރިވަރުން ބައިވެރިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 286 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ސަރަހައްދުގައި މަސްދަޅުކޭސް ބަހަން ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންވަތަނީ ހިދުމަތުގެ ތަމްރީނަށް ފުރި ދެވަނަ ބެޗަށް، ރައީސް ކާމިޔާބީއަށް އެދިވަޑައިގެންފިޚަބަރު | 3 ގަޑިއިރު ކުރިންގައުމީ ފުޓްސަލް ޓީމުގެ ކާމިޔާބީ އަކީ ދެވަނައެއް ނެތް ރީތި ނަމޫނާއެއް: ރައީސްކުޅިވަރު | 6 ގަޑިއިރު ކުރިންސަރުކާރުގެ ޓެކްސީ ލައިން: ރައްޔިތުންގެ ތަކުލީފުތަކަށް ލުޔެއް - ޑްރައިވަރުންގެ ހައްގުތައް ކަށަވަރުކުރުމަށް ރަނުގެ ފުރުސަތެއް!ރިޕޯޓް | 11 ގަޑިއިރު ކުރިން