logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރެލިގޭޝަން ޓީމެއް އަތުން ބަލިވެ ބަޔާން މިސީޒަނުގެ އިންވިންސިބަލް ރެކޯޑް ގެއްލިއްޖެ

އަބްދުﷲ ޣާނިމް
25 ޖެނުއަރީ 2026 - 02:41
ރެލިގޭޝަން ޓީމެއް އަތުން ބަލިވެ ބަޔާން މިސީޒަނުގެ އިންވިންސިބަލް ރެކޯޑް ގެއްލިއްޖެ

މި ސީޒަނުގެ ބުންޑެސްލީގާގައި ބަލިނުވެ ބަޔާން މިއުނިކުން ދަމަހައްޓަމުން އައި ރެކޯޑު، އޮގްސްބާގް އަތުން 2-1 އިން ބަލިވުމާ އެކު ނިމުމަކަށް އަތުވެއްޖެއެވެ. މިއީ މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުން ލީގުގައި ބަޔާން ބަލިވި ފުރަތަމަ ފަހަރެވެ.

ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބަޔާން މިއުނިކުން މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ މެޗުގެ 23 ވަނަ މިނެޓުގައެވެ. މައިކަލް އޮލީސޭ ނެގި ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހިރޯކީ އިޓޯ އެވެ. އޭގެ ފަހުން ލުއިސް ޑިއާޒް އަދި ލެނާޓް ކާލް އަށް ލީޑު ފުޅާކުރަން ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުން ހިފޭގޮތެއް ނުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޮގްސްބާގުން މެޗުގެ ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައެވެ. އެގޮތުން މެޗުގެ 75 ވަނަ މިނެޓުގައި އާތަރ ޗާވޭސް ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ ބަޔާންގެ ކީޕަރު ޖޯނަސް އުރުބިގަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އޭގެ ހަ މިނެޓު ފަހުން، 81 ވަނަ މިނެޓުގައި ހާން-ނޯއާ މަސެންގޯ ވަނީ އޮގްސްބާގަށް މެޗުން މޮޅުވި ލަނޑު ޖަހައިދީފައެވެ.

މި މެޗަށް ބަޔާން މިއުނިކުން ނެރުނު ފުރަތަމަ 11 ގެ އެވްރެޖް އުމުރަކީ 26 އަހަރާއި 125 ދުވަހެވެ. މިއީ މި ސީޒަނުގައި އެ ޓީމުން ލީގު މެޗަކަށް ނެރުނު އެންމެ ޒުވާން ޓީމެވެ. މުޅި މެޗުގައި ބަޔާންއިން 15 ހަމަލާ އުފެއްދިއިރު، އޮގްސްބާގުން ވަނީ 16 ހަމަލާ އުފައްދާފައެވެ.

މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ނަތީޖާ އެއްވަރުކުރަން އޮލީސޭ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މި ނަތީޖާއާއެކު ބަޔާން ތާވަލުގެ އެއްވަނައިގައި އޮތް ނަމަވެސް، މިއީ އެ ޓީމަށް ކުރިމަތިވި ހައިރާންކުރުވަނިވި ނަތީޖާއެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަޔާން ބަލިކޮށް ޕީއެސްޖީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗެންޕިއަންސް ލީގުގެ ތަށި ހޯދުމުގެ ފުރުސަތު ހޯދައިފިކުޅިވަރު | މަހެއް ކުރިންޗެންޕިއަން ޕީއެސްޖީ އިން ސެމީގައި ބަޔާންކޮޅަށް ފަސްގޯލުޖަހައި ފައިނަލުގެ ޖާގައަކާއި ގާތަށްޖެހިލައިފިކުޅިވަރު | 2 މަސް ކުރިން4 މެޗު ބާކީއޮއްވައި ބަޔާން ލީގު ކަށަވަރުކޮށްފި، ހުރިހާ އަމާޒެއް ޗެންޕިއަންސް ލީގަށްކުޅިވަރު | 2 މަސް ކުރިންސެއިންޓް ޕައުލީ ބަލިކޮށް ބަޔާން މިއުނިކް ބުންޑެސްލީގާގެ ތަށި ހޯދުމާ ގާތަށްކުޅިވަރު | 2 މަސް ކުރިން