logo
Bank of Maldives

Bank of Maldives

ޚަބަރު

އިދިކީލަ ވިސްނުންތައް ވައްދަން ފުރުސަތު ނުދެއްވުމަށް ރައީސް އެދިވަޑައިގެންފި

މުޙައްމަދު އަފްރާޙް
25 ޖެނުއަރީ 2026 - 05:52
އިދިކީލަ ވިސްނުންތައް ވައްދަން ފުރުސަތު ނުދެއްވުމަށް ރައީސް އެދިވަޑައިގެންފި

ރައްޔިތުންނާ ސަރުކާރު ދޭތެރެއަށް އިދިކީލަ ވިސްނުންތައް ވައްދަން ފުރުސަތު ނުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ޕީއެންސީން މި މަހުގެ 24 ވީ ހޮނިހިރު ދުވަހު ހަވީރު ބޭއްވި ޚާއްސަ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވަނީ ސިޔާސީ ސަކަރާތްޖެހުމާއި ސިޔާސީ ޖަގަޑާ ހެދުމާއި އެކިކަހަލަ ގޮތްގޮތުން ރައްޔިތުންނާ ސަރުކާރާދެމެދު ހުރަސްތަކެއް ކުރިމަތިކުރުމުގެ ފުރުސަތު ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ނުދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ. އަދި މި ސަރުކާރު އޮތީ ރައްޔިތުންނާއެކުގައި ކަމަށާއި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން ރަށްރަށާއި ސިޓީތަކަށް ބޭނުންވަނީ އެމަނިކުފާނުގެ މި މަސައްކަތަށް ހުރަސްނާޅާ، އެއްބާރުލުންދޭނެ މޭޔަރުންނާއި ކައުންސިލަރުންކަމަށް ވިދާޅުވިއެވެ. ހަމަމިއާއެކު ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރާއިރު އެކަމަށް ހުރަސްއަޅާ ބަޔަކު އަތުވެއްޖެނަމަ ތަރައްގީ މަޑުޖެހިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ ސިޔާސީ ގޮތުން ހަމަނުޖެހުން އުފައްދަން އެފަދަ ފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށާއި އެއީ އެއްވެސް ރައްޔިތަކު ދެކެން ބޭނުންވާ ދުވަހެއް ނޫން ކަމަށެވެ. އަދި އެކި ހައިސިއްޔަތުތަކުން މިހާތަނަށް މާލޭގެ ގެތަކަށް އެމަނިކުފާނަށް ޒިޔާރަތްކުރެވިފައިވާ ކަމަށާއި ރައްޔިތުން ދިރިއުޅޭ ހާލަތު ވަރަށް ގާތުން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

އެހެންވެ، ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ހަލުވިކަމާއެކު ކުރިއަށްގެންދާކަމަށާއި ކުރީ ސަރުކާރުން ކަނޑުފަޅުން ދީފައިވާ ގޯތިތައް، ބިން ހިއްކުމަށްފަހު ރައްޔިތުންނަށް ދިނުމުގެ މަސައްކަތް ކުރިއަށްގެންދަނީވެސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަށް ކަމުގައި ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މިފަދަ މަޝްރޫއުތައް ކުރިއަށްދާއިރު ބޭނުންވަނީ އިޚްލާސްތެރި ތެދުވެރި އަދި އަމާނާތްތެެރި މޭޔަރުންނާއި ކައުންސިލަރުން ކަމަށެވެ، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެންބަރުން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިޚާބުގައި އެފަދަ ފަރާތްތައް އިންތިޚާބު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންނެވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިދިކީލަ ވިސްނުންތައް ވައްދަން ފުރުސަތު ނުދެއްވުމަށް ރައީސް އެދިވަޑައިގެންފިޚަބަރު | 2 ގަޑިއިރު ކުރިންމާލެ ސަރަހައްދުގައި މަސްދަޅުކޭސް ބަހަން ފަށައިފިޚަބަރު | 15 ގަޑިއިރު ކުރިންވަތަނީ ހިދުމަތުގެ ތަމްރީނަށް ފުރި ދެވަނަ ބެޗަށް، ރައީސް ކާމިޔާބީއަށް އެދިވަޑައިގެންފިޚަބަރު | 17 ގަޑިއިރު ކުރިންގައުމީ ފުޓްސަލް ޓީމުގެ ކާމިޔާބީ އަކީ ދެވަނައެއް ނެތް ރީތި ނަމޫނާއެއް: ރައީސްކުޅިވަރު | 20 ގަޑިއިރު ކުރިން