logo
Bank of Maldives

Bank of Maldives

ޚަބަރު

ބޯހިޔާވަހިކަން އެންމެނަށް: މިހާތަނަށް 1،616 އެޕްލިކޭޝަން ހުށަހަޅައިފި

އައިޝަތު ނަޝާ
25 ޖެނުއަރީ 2026 - 06:52
ބޯހިޔާވަހިކަން އެންމެނަށް: މިހާތަނަށް 1،616 އެޕްލިކޭޝަން ހުށަހަޅައިފި

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން މާލެ ސަރަޙައްދުން ދޫކުރާ ބިމާއި ފުލެޓަށް އެދި ފާއިތުވި ހަފްތާގެ ތެރޭގައި 1،616 އެޕްލިކޭޝަން ހުށަހަޅައިފައިވާ ކަމަށް  ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން ބުނި ގޮތުގައި، ހުށަހެޅި އެޕްލިކޭޝަންތަކުގެ ތެރޭގައި ހިމެނެނީ ބިމަށް އެދި ހުށަހެޅި 456 އެޕްލިކޭޝަނަކާއި ފުލެޓަށް އެދި ހުށަހެޅި 1،160 އެޕްލިކޭޝަނެކެވެ. އަދި ޑްރާފްޓް މަރުހަލާގައި 7،605 އެޕްލިކޭޝަން ހުރިކަން އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ދޫކުރުމަށްހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ 15,000 (ފަނަރަ ހާސް) ގޯއްޗާއި 7900 (ހަތް ހާސް ނުވަ ސަތޭކަ) ފުލެޓެވެ. ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ.

"ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ދޫކުރާ ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 04 މާރިޗު 2026 ވާ ބުދަ ދުވަހުގެ 23:59 އެވެ. އަދި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 17 އޭޕްރިލް 2026 ވާ ހުކުރު ދުވަހުގެ 23:59 އެވެ.

ބޯހިޔާވަހިކަން އެންމެނަށް، މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެއިތުރުން، ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

ސަރުކާރުން ބޯހިޔާވަހިކަން ދިނުމުގައި މިފަހަރު އެންމެ ބޮޑު އިސްކަމެއް ދޭން ނިންމާފައިވަނީ އެމީހަކަށް ލިބޭ އާމްދަނީއާއި ދިރިއުޅުމުގެ ޙާލަތަށެވެ. ފޯމުގައި ޢާންމު މަޢުލޫމާތާއި، އާއިލާއާއި ދިރިއުޅުމުގެ ޙާލަތު އަދި ވަޒީފާއާއި އާމްދަނީގެ މަޢުލޫމާތުވެސް ހިމަނަން ޖެހޭނެއެވެ. އަދި މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތު ކުރުމަށް، އެކަމަށް ބޭނުންވާ ލިޔެކިޔުންތައްވެސް ހިމަނަންވާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޯހިޔާވަހިކަން އެންމެނަށް: މިހާތަނަށް 1،616 އެޕްލިކޭޝަން ހުށަހަޅައިފިޚަބަރު | 2 ގަޑިއިރު ކުރިންގުޅީފަޅުން ގޯތި ލިބުނު އިތުރު 41 ފަރާތަކަށް ބިން ހަވާލުކޮށްފިޚަބަރު | 2 ދުވަސް ކުރިން"އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ހުޅުވާލުން އަންނަ ހަފުތާ އަށްޚަބަރު | 10 ދުވަސް ކުރިންޖަނަވަރީ 15 އިން ފެށިގެން ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް އެދި ހުށަހެޅޭނެޚަބަރު | 25 ދުވަސް ކުރިން