logo
MPL

MPL

ޚަބަރު

ގެއްލިގެން ހޯދަމުން ދިޔަ ފުވައްމުލައް ސިޓީ މީހާ ފެނިއްޖެ - ހުރީ ތިލަފުށިގަ

މުޙައްމަދު އަފްރާޙް
28 ޖެނުއަރީ 2026 - 04:51
ގެއްލިގެން ހޯދަމުން ދިޔަ ފުވައްމުލައް ސިޓީ މީހާ ފެނިއްޖެ - ހުރީ ތިލަފުށިގަ

ނިމިދިޔަ 2025 ވަނަ އަހަރުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ފުވައްމުލައް ސިޓީ، ދޫޑިގަން އަވަށު، ދުންފިނިގެ ޢަބްދުލްޢަޒީޒު މުޙައްމަދު ފެނިއްޖެއެވެ.

ފުލުހުން ބުނީ ޢަބްދުލްޢަޒީޒު މުޙައްމަދު ވަނީ އޭނާގެ އާއިލާއަށާއި ފުވައްމުލައް ޕޮލިސް ސްޓޭޝަނަށް ގުޅައި، އޭނާ ހުރީ ތިލަފުށީގައި ކަމާއި ހާލު ރަނގަޅުކަމަށް ވަނީ މައުލޫމާތު ދީފައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ ގެއްލިގެން ހޯދަމުންދާކަން ފުލުހުން ހާމަކޮށްފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ފުލުހުން ބުނެފައިވަނީ އުމުރުން 64 އަހަރުގެ ޢަބްދުލްޢަޒީޒަކީ މުދާ އުފުލާ ދޯނިފަހަރުގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. އަދި އޭނާގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ 2025 ސެޕްޓެމްބަރު 3 ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މީގެއިތުރުން ޢަބްދުލްޢަޒީޒު މުޙައްމަދު، އާއިލާގެ މީހަކަށް އެންމެ ފަހުން ފެނިފައިވަނީ 2025 ނޮވެމްބަރު މަސްތެރޭގައި އައިޖީއެމްއެޗް ކައިރިން ކަމަށް ވެސް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން އޭރުވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޖީނަކާ ޑިންގިއެއް ވިއްކާނެ ކަމަށް ބުނެ ސްކޭމް ހިންގި ތިން މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންފުނަދޫ އަލިފާން: ޕެޓްރޯލް ޝެޑުގެ އަލިފާންގަނޑު ފެތުރި ބޮޑެތި ގެއްލުންތަކެއް، ފުލުހުންގެ މޭޖާ ކްރައިމްސް ޓީމެއް އެރަށަށްޚަބަރު | 5 ދުވަސް ކުރިންބޮޑެތި ސްކޭމްތައް ހުއްޓުވުމަށް ފުލުހުން އައިއައިސީއޭ ރިޒޮލިއުޝަންގައި ސޮއިކޮށްފިޚަބަރު | 5 ދުވަސް ކުރިން 32،000 ރުފިޔާގެ އޮންލައިން ސްކޭމެއްގެ މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފިޚަބަރު | 5 ދުވަސް ކުރިން