logo
Bank of Maldives

Bank of Maldives

ޚަބަރު

ޖަލުތަކުގައި ވޭސްޓް ގޮތުގައި އުކާލެވޭ ކާތަކެތި ބޭނުންކޮށްގެން ކާދު އުފެއްދުމަށް ވޯކްޝޮޕްތަކެއް ބާއްވައިފި

މުޙައްމަދު އަފްރާޙް
29 ޖެނުއަރީ 2026 - 18:43
ޖަލުތަކުގައި ވޭސްޓް ގޮތުގައި އުކާލެވޭ  ކާތަކެތި ބޭނުންކޮށްގެން ކާދު އުފެއްދުމަށް ވޯކްޝޮޕްތަކެއް ބާއްވައިފި

ޖަލުތަކުގައި ވޭސްޓް ގޮތުގައި އުކާލެވޭ  ކާތަކެތި ބޭނުންކޮށްގެން ކާދު އުފެއްދުމަށް ވޯކްޝޮޕްތަކެއް ބާއްވައިފިއެވެ.

މިއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ސޮނެވާ ނަމޫނާއާއެކު، ޖަލުތަކުގައި ވޭސްޓް ގޮތުގައި އުކާލެވޭ  ކާތަކެތި ބޭނުންކޮށްގެން ކާދު އުފެއްދުމަށް ކާދު ސަތޭކަ ޕްރޮގްރާމް ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމުތަކެކެވެ. އެގޮތުން ޤައިދީންނަށާއި އޮފިސަރުންނަށް ތިން ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވާކަމަށް ކަރެކްޝަނަލް ސަރވިސް އިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

2026 ޖަނަވަރީ 25 ން ފެށިގެން 27 ށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްތައް ކުރިއަށް ގެންގޮސްފައިވަނީ އޮފިސަރުންނަށާއި އައްސޭރި ޖަލުގެ ޤައިދީންނާއި މާފުށީ ޖަލުގެ ފިރިހެން ޤައިދީންނަށެވެ. އަދި އަންހެން ޤައިދީންނަށް ކުރިއަށްގެންދިޔައީ ވަކިންނެވެ. މިގޮތުން ޖުމްލަ 42 ޤައިދީންނާއި 33 އޮފިސަރުން މި ވޯކްޝޮޕްތަކުގައި ބައިވެރިވެފައިވެއެވެ.

މި ވޯކްޝޮޕްތަކަކީ އެ ސަރވިސް އާއި ސޮނެވާ ނަމޫނާއާ ދެމެދު ސޮއިކުރެވިފައިވާ ފަހުމްނާމާގެ ދަށުން، ޖަލުތަކުގައި ކާދު ސަތޭކަ ޕްރޮގްރާމް ފަށައި، ޖަލުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރާނެ ގޮތްތައް ދަސްކޮށްދޭނެއެވެ.

މިފަދަ ޕްރޮގްރާމްތައް ޤައިދީންނަށް ހިންގުމުގެ މަޤްޞަދަކީ، ޙުކުމްތަންފީޛުކުރުމަށްފަހު ޤައިދީން އަނބުރާ މުޖުތަމަޢަށް ނިކުންނައިރު ދިރިއުޅުމުގައި ޢާމްދަނީއެއް ލިބޭނޭ ފަދަ މަސައްކަތެއް ނޫނީ ހުނަރް ދަސްކޮށްދީ، ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމެވެ.

އެގޮތުން އުކާލެވޭ ކާބޯތަކެތި ބޭނުންކޮށްގެން ކާދު އުފައްދައި، ދިރިއުޅުން ތިމާވެއްޓާ ރައްޓެހި ގޮތަށް ބައްޓަންކޮށް، ދަސްކޮށްދެވޭ މަސައްކަތްތަކުން މަންފާއެއް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި ވޯކްޝޮޕްތައް ކުރިއަށް ގެންގޮސްފައިވަނީ ރިހެބިލިޓޭޝަން އެންޑް ރީއިންޓަރގްރޭޝަން ކޮމާންޑްގެ އިސްނެގުމުގެ ދަށުން  އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒްއާ ގުޅިގެން ސޮނެވާ ނަމޫނާގެ މާހިރުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފިޚަބަރު | 4 ގަޑިއިރު ކުރިން ގައިދީން ބައިތިއްބާނެ އައު ޔުނިޓެއް ހުޅުމާލޭގައި ކޮވިޑް ފެސިލިޓީގައި ހުޅުވައިފިޚަބަރު | 22 ދުވަސް ކުރިންއައްސޭރި ޖަލުގައި ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުންނާއެކު މެޑިކަލް ކޭމްޕެއް ބާއްވައިފިޚަބަރު | 23 ދުވަސް ކުރިންވަކިކުރީ ގޯސްކޮށް؛ އާސިފަށް އަލުން ވަޒީފާ ދޭންޖެހިއްޖެޚަބަރު | މަހެއް ކުރިން