logo
Bank of Maldives

Bank of Maldives

ދުނިޔެ

އިންޑިއާގައި ފިރިމީހާ ޑަންބެލްއަކުން ހަމަލާދީ އަނބިމީހާ މަރާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
30 ޖެނުއަރީ 2026 - 01:13
އިންޑިއާގައި ފިރިމީހާ ޑަންބެލްއަކުން ހަމަލާދީ އަނބިމީހާ މަރާލައިފި

އިންޑިއާގެ ދިއްލީ ފުލުހުންގެ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވަޓް) ޓީމުގައި މަސައްކަތްކުރާ މާބަނޑު އަންހެން ކޮމާންޑޯއަކަށް އޭނާގެ ފިރިމީހާ ޑަމްބެލްއަކުން ހަމަލާދީ ވަރަށް ރަހުމްކުޑަގޮތަކަށް މަރާލައިފިއެވެ.

މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 27 އަހަރުގެ ކާޖަލް ޗައުދަރީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. މާލީ ކަންތައްތަކާ ގުޅިގެން އުފެދުނު ދެބަސްވުންތަކެއް ބޮޑުވެ، ކާޖަލްގެ ފިރިމީހާ އަދި މިނިސްޓްރީ އޮފް ޑިފެންސްގެ ކްލާކެއް ކަމަށްވާ އަންކުރް ވަނީ ބަރު ޑަމްބެލްއަކުން ކާޖަލްގެ ބޮލުގައި ޖަހާފައެވެ. ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކަކާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކާޖަލް މަރުވީ މިދިޔަ އަންގާރަ ދުވަހުއެވެ. ކާޖަލް މަރުވިއިރު އޭނާ އަށް ބަނޑަށް ހަތަރު މަހެވެ.

ހަމަލާދިން ވަގުތު އާއިލާއަށް ފޯނުން އަޑުއިވުނު

ޕާލަމެންޓް ސްޓްރީޓް ޕޮލިސް ސްޓޭޝަންގެ ކޮންސްޓަބަލެއް ކަމަށްވާ ކާޖަލްގެ ކޮއްކޮ ނިކިލް ބުނި ގޮތުގައި، ހަމަލާދިން ވަގުތު ކާޖަލް ހުރީ އޭނާއާ ފޯނުން ވާހަކަދައްކާށެވެ.

 "އަހަރެން ފޯނުން ވާހަކަދައްކަން ހުއްޓާ، އަންކުރް ޑަމްބެލްއަކުން ދައްތައަށް ހަމަލާދޭން ފެށި،" ނިކިލް ބުންޏެވެ.

އޭގެ ކުޑަވަގުތުކޮޅެއް ފަހުން އަންކުރް އަމިއްލައަށް ނިކިލްއަށް ގުޅައި ހަމަލާދިން ކަމަށް އެއްބަސްވެފައިވާ ކަމަށްވެސް އާއިލާއިން ބުނެއެވެ.

ނިކިލް އިތުރަށް ތުހުމަތުކުރި ގޮތުގައި، ކާޖަލްގެ މައިދައިތައާއި ދެ ފަހަރިން ދިޔައީ އަބަދުވެސް "ޑައުރީ" ނުވަތަ ރަންގެ މައްސަލައިގައި އޭނާއަށް ގޯނާކުރަމުންނެވެ. މީގެ އިތުރުން، އަންކުރް ވަނީ ކާޖަލްގެ މައިންބަފައިންގެ އަތުން އެކި ފަހަރުމަތިން ފައިސާވެސް ނަގާފައެވެ.

މަރުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގު

ކާޖަލް ދިއްލީ ފުލުހުންގެ ވަޒީފާއާ ގުޅުނީ 2022 ވަނަ އަހަރުއެވެ. އޭނާ އަންކުރްއާ ކައިވެނީ ކުރީ 2023 ވަނަ އަހަރު ކަމަށްވާއިރު، މި ދެމަފިރިންގެ އެއް އަހަރާއި ބައިގެ ފިރިހެން ކުއްޖަކު ހުރެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން މިހާރު ވަނީ އަންކުރްގެ މައްޗަށް މަރުގެ މައްސަލައެއް ރަޖިސްޓްރީކޮށް، އޭނާ ހައްޔަރުކޮށްފައެވެ. އޭނާ މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާޝާ ބޯސްލޭ މަރުވެއްޖެޚަބަރު | 2 ދުވަސް ކުރިންއެމެރިކާ އާއި އިޒްރޭލަށް "އެންމެ ބޮޑު ފިއްތުންތައް" ކުރިމަތިކުރުމަށް ޔޫރަޕްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގޮވާލައިފިދުނިޔެ | 4 ދުވަސް ކުރިންއެމެޒޯން އިން ކޮންމެ ކަސްޓަމަރެއްގެ އަތުން %3.5 ފިއުލް-ލޮޖިސްޓިކްސް ސާޗާޖެއް ނަގަން ނިންމައިފިދުނިޔެ | 11 ދުވަސް ކުރިންވޯލްޑްކަޕްގައި އީރާނުން ކުޅޭނެކަން ފީފާއިން ކަށަވަރުކޮށްދީފިކުޅިވަރު | 13 ދުވަސް ކުރިން