logo
Bank of Maldives

Bank of Maldives

ޚަބަރު

ބާޒާރުމަތީ މަގުތައް ރޯދައިގެ ކުރިން ނިންމާލެވޭނެ ކަމުގެ ޔަޤީންކަން ދެން: އެމްޓިސީސީ

އައިޝަތު ނަޝާ
30 ޖެނުއަރީ 2026 - 11:00
ބާޒާރުމަތީ މަގުތައް ރޯދައިގެ ކުރިން ނިންމާލެވޭނެ ކަމުގެ ޔަޤީންކަން ދެން: އެމްޓިސީސީ

މާލޭގެ ބާޒާރުމަތީ ސަރަހައްދު ނުވަތަ ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް 2 ގެ މަސައްކަތްތައް ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އެއްކޮށް ނިންމާލެވޭނެކަމުގެ ޔަޤީންކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއިން ދެއްވައިފިއެވެ.

އެމްޓީސީސީއިން ބުނީ، ބާޒާރުމަތީ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

ދައުކަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރުވަސް ޢަބްދުﷲ ފާއިޒު ވިދާޅުވީ، މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ފެށި މި މަސައްކަތުގެ 76 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ ކީވޯލްގެ މަސައްކަތްތަކާއި، ކޮންކްރީޓް، ޕެނަލް އަދި ޖެޓީގެ މަސައްކަތްތަކެވެ. މީގެ އިތުރުން 40 މީޓަރުގެ ޕެނަލް ހަރުކުރުމާއި އެންކަރު އެޅުމުގެ މަސައްކަތްތައް ވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާކަން އޭނާ ފާހަގަކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްޤީކުރާނެއެވެ. މި މަސައްކަތް ނިމުމުން މި ސަރަޙައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މުޅި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1,088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.

މި މަޝްރޫޢު ނިމުމުން ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑުތަކުރުފާނު މަގުގެ އިތުރުބައެއް ބަންދުކޮށް މަސައްކަތް ފަށަނީޚަބަރު | 2 ދުވަސް ކުރިންފ. އާއި ދ. އަތޮޅުގައި އާރުޓީއެލް ދަތުރުތަކަށް އަގު ނަގާނެ ރޭޓުތައް އާންމުކޮށްފިޚަބަރު | 24 ދުވަސް ކުރިންފ. އާއި ދ. އަތޮޅުގައި މާދަމާ އާރްޓީއެލް ފެރީގެ ހިދުމަތް ފަށަނީޚަބަރު | މަހެއް ކުރިންޒަމާނީ ފެންވަރަށް ތަރައްގީކޮށް، ބާޒާރުމަތީ މަގު އާންމުންނަށް ހުޅުވާލައިފިޚަބަރު | މަހެއް ކުރިން