logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޖޮއާއޯ ފީލިކްސްގެ މޮޅު ކުޅުމާއެކު އަލް ނަސްރުން އަލް ހިލާލާ ގާތަށް ޖެހިލައިފި

އަބްދުﷲ ޣާނިމް
31 ޖެނުއަރީ 2026 - 03:15
ޖޮއާއޯ ފީލިކްސްގެ މޮޅު ކުޅުމާއެކު އަލް ނަސްރުން އަލް ހިލާލާ ގާތަށް ޖެހިލައިފި

ސައުދީ ޕްރޯ ލީގުގައި ހުކުރު ދުވަހު އަލް ޚުލޫދާ ދެކޮޅަށް ކުޅުނު މެޗުގައި ޖޮއާއޯ ފީލިކްސް ދެއްކި މޮޅު ކުޅުމާއެކު 3-0 އިން އަލް ނަސްރު މޮޅުވެއްޖެއެވެ. މި މޮޅާއެކު އަލް ނަސްރު މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި އޮތް އަލް ހިލާލަށްވުރެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައެވެ.

މި މެޗުގައި އަލް ނަސްރުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ، މުހައްމަދު ސިމަކަން އަދި ކިންގްސްލީ ކޯމަންއެވެ. މިއީ ލީގުގައި ޖެހިޖެހިގެން އެ ޓީމުން ހޯދި ހަތަރުވަނަ މޮޅެވެ. މެޗުގެ ފުރަތަމަ ހާފުގައި އަލް ނަސްރުން ގިނަ ފުރުސަތުތަކެއް އުފެއްދި ނަމަވެސް، ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި އަލް ނަސްރުން ވަނީ ލީޑު ނަގާފައެވެ. ފީލިކްސް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭގެ ހަ މިނެޓު ފަހުން ފީލިކްސް ނަގައިދިން ކޯނަރަކުން ސިމަކަން ވަނީ ބޮލުން ފޮނުވާލި ހަމަލާއަކުން ޓީމުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.

މެޗުގެ ފަހުކޮޅު އަލް ޚުލޫދުގެ ކެޕްޓަން ހަތަން ބަހްބްރީއަށް ވަނީ ސިމަކަންއަށް އުޅަނބޮށިން ހަމަލާދިނުމާ ގުޅިގެން ވީއޭއާރް ބެލުމަށްފަހު ރަތް ކާޑު ދައްކާފައެވެ. އަލް ނަސްރުގެ ތިންވަނަ ލަނޑު މެޗުގެ ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކޯމަންއެވެ.

މި މެޗުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކި ފީލިކްސް ވަނީ މުޅި މެޗުގައި ލަނޑު ޖަހާނެ ހަތަރު ފުރުސަތު ތަނަވަސްކޮށްދީ، ދެ އެސިސްޓް ހަދާފައެވެ. މީގެ އިތުރުން އޭނާ ވަނީ ލަނޑު ޖެހުމަށް ހަ ހަމަލާއެއް ފޮނުވާލާފައެވެ. މިއީ މި ސީޒަނުގައި އަލް ނަސްރުން ޖެހިޖެހިގެން ބައިކޮޅަށް ލަނޑެއް ވަނަނުދީ މެޗު ނިންމާލި ދެވަނަ ފަހަރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޮނާލްޑޯގެ ގޯލާއެކު އޭސިއާގެ ޗެންޕިއަން ބަލިކޮށް ސަޢޫދީ ލީގު ހޯދުމާއި ފިޔަވަޅަކާއި ގާތަށް އަލް ނަޞްރު ޖެހިލައިފިކުޅިވަރު | 4 ގަޑިއިރު ކުރިންއަނިޔާއަށްފަހު އެނބުރި އައިސް ރޮނާލްޑޯ ޖެހި ދެ ގޯލާއެކު އަލް-ނަސްރުން ތާވަލުގެ ކުރީގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފިކުޅިވަރު | މަހެއް ކުރިންކަސެމީރޯގެ ސޮއިހޯދުމަށް ރޮނާލްޑޯ އާއި މެސީގެ ގަދަހިފުމަކަށްކުޅިވަރު | މަހެއް ކުރިންމެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ރޮނާލްޑޯގެ އަލް ނަސްރުގެ މެޗު ފަސްކޮށްފިކުޅިވަރު | 2 މަސް ކުރިން