logo
MPL

MPL

ޚަބަރު

ރާއްޖެއަށް ބޭނުންވަނީ ގިނަ އަދަދަކަށް ފްލައިޓު އެޅޭނެ މަގު: ޑރ. މުއްތަލިބު

މުޙައްމަދު އަފްރާޙް
31 ޖެނުއަރީ 2026 - 12:48
ރާއްޖެއަށް ބޭނުންވަނީ ގިނަ އަދަދަކަށް ފްލައިޓު އެޅޭނެ މަގު: ޑރ. މުއްތަލިބު

ރާއްޖެއަށް ބޭނުންވަނީ ބޮޑެތި ބޯޓުފަހަރު ނޫންކަމަށާއި ރާއްޖެއަށް ބޭނުންވަނީ ގިނަ އަދަދަކަށް ޕްލައިޓް އެޅޭނެ މަގެއްކަމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދެކުނުގެ 4 އަތޮޅު ވައިގެމަގުން ގުޅާލުމަށް ގދ. ކާޑެއްދޫއަށް ބޭއްވި ދަތުރު އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ މި ފެށިގެން ދިޔައީ ދެކުނުގެ 4 އަތޮޅު ވައިގެ މަގުން ގުޅުވާލުމުގެ ޕައިލެޓް ޕްރޮޖެކްޓެއްކަމަށާއި މި ޕްރޮޖެކްޓް ކާމިޔާބު ވެއްޖެނަމަ މިކަން ވެގެންދާނީ މުޅި ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ބަދަލުކޮށްލާނެ އިންގިލާބެއް ގެންނާނެ ކަމަކަށްކަމަށެވެ.

މީގެއިތުރުން ދެކުނުގެ 4 އަތޮޅު ގުޅުވައިލެވިގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިފަދަ ކަމެއް ކުރެއްވުމުގެ ބޭނުން ވަރަށް ބޮޑަށް ހުންނެވުމާއެކު އެގޮތަށް ވިސްނުން ގެންގުޅުމުންކަމަށް ވެސް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއަކީ ވޮލިއުމް ބޭސްޑް ޓްރާންސްޕޮޓޭޝަން އޮތް ތަނެއް ނޫންކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ފްރިކުއެންސީ ބޭސްޑް ޓްރާންސްޕޮޓޭޝަނެއް ބޭނުންވާ ގައުމެއްކަމަށް ވެސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލޭގައި ބިޔަ މަޝްރޫޢު ހިންގާ ކުންފުނިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅަނީޚަބަރު | މަހެއް ކުރިންގޯއްޗާއި ފްލެޓަށް އެދުނު ފަރާތްތަކަށް ބޮޑު ލުޔެއް، މައްސަލަ ހައްލުކުރަން ދިން މުއްދަތު އިތުރުކޮށްދީފިޚަބަރު | 2 މަސް ކުރިންބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ނިމުމަކާއި ގާތަށްޚަބަރު | 3 މަސް ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި މިހާރު ބެލެނިވެރިނަށް ފްލެޓަށް ހުށަހެޅޭނެޚަބަރު | 5 މަސް ކުރިން