logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފަހުވަގުތު އެންޒޯ ޖެހި ގޯލާއެކު ފަހަތުން އަރައި މޮޅުވެ، ޗެލްސީ ގަދަ ހަތަރަކަށް

އަބްދުﷲ ޣާނިމް
1 ފެބްރުއަރީ 2026 - 03:12
ފަހުވަގުތު އެންޒޯ ޖެހި ގޯލާއެކު ފަހަތުން އަރައި މޮޅުވެ، ޗެލްސީ ގަދަ ހަތަރަކަށް

ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ދެ ލަނޑުގެ ލީޑެއްގައި ވެސްޓް ހޭމް ޔުނައިޓެޑް އޮއްވައި، ފަހަތުން އަރައި 3-2 އިން މޮޅުވެ ޗެލްސީން ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފިއެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީޚުގައި ފުރަތަމަ ހާފު ނިމުނުއިރު ދެ ލަނޑުން ބަލިވާން އޮތް މެޗަކުން ޗެލްސީ މޮޅުވި ފުރަތަމަ ފަހަރެވެ.

ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ޖެރޮޑް ބޮވެން ފޮނުވާލި ހުރަހެއް ގޯލުގެ ތެރެއަށް ވަދެގެން އެ ޓީމަށް ކުރިހޯދައިދިންއިރު، 36 ވަނަ މިނެޓުގައި ކްރިސެންސިއޯ ސަމަވިލް ވަނީ ލީޑު ފުޅާކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޗެލްސީގެ ކޯޗު ލިއަމް ރޮސީނިއާ ވަނީ ދެވަނަ ހާފު ފެށުމުގެ ކުރިން ޓީމަށް ތިން ބަދަލެއް ގެނެސްފައެވެ. މިގޮތުން ކުޅެން އެރި ޔާއޯ ޕެޑްރޯ، ވެސްލީ ފޮފާނާ އަދި މާކް ކުކުރެއްޔާ ވަނީ މެޗުގެ ނަތީޖާ ބަދަލުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. 57 ވަނަ މިނެޓުގައި ފޮފާނާ ތަނަވަސްކޮށްދިން ފުރުސަތަކުން ޕެޑްރޯ ފުރަތަމަ ލަނޑު ޖެހިއިރު، އޭގެ ކުޑައިރުކޮޅެއް ފަހުން ކުކުރެއްޔާ ވަނީ ބޮލުން ފޮނުވާލި ހަމަލާއަކުން ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުން ޗެލްސީ މޮޅުވި ލަނޑު އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ އެންޒޯ ފެނާންޑޭޒްއެވެ. މިއީ އޭނާ ޗެލްސީއާ ގުޅުނުތާ ތިން އަހަރު ފުރުނު މުނާސަބަތާ ދިމާކޮށް ޖެހި މުހިންމު ލަނޑެކެވެ. މެޗުގެ ފަހުކޮޅު މަސްލަހަތު ގޯސްވެ، ވެސްޓް ހޭމްގެ ޓޮޑީބޯ ވަނީ ޕެޑްރޯގެ ކަރުގައި ހިފުމުގެ ސަބަބުން ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މި މޮޅާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ. އަނެއްކޮޅުން ވެސްޓް ހޭމް އޮތީ ތާވަލުގެ 18 ވަނައިގައި، ރެލިގޭޝަން ޒޯނުގައެވެ. މިއީ 2011 ވަނަ އަހަރަށްފަހު ދެ ލަނޑުގެ ލީޑެއްގައި އޮވެ ވެސްޓް ހޭމް ޕްރިމިއާ ލީގު މެޗަކުން ބަލިވި ދެވަނަ ފަހަރެވެ.

މި މެޗުގެ ނަތީޖާއާއެކު ޗެލްސީގެ ކޯޗު ރޮސީނިއާ ވެފައިވަނީ ޕްރިމިއާ ލީގުގައި އޭނާގެ ފުރަތަމަ ތިން މެޗުން މޮޅުވި ހަތަރުވަނަ އިނގިރޭސި ކޯޗަށެވެ. މީގެ ކުރިން މި ޝަރަފު ހޯދާފައިވަނީ ބޮބީ ގޯލްޑް، ސޭމް އެލަޑައިސް އަދި ކްރެއިގް ޝޭކްސްޕިއަރ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހުވަގުތު އެންޒޯ ޖެހި ގޯލާއެކު ފަހަތުން އަރައި މޮޅުވެ، ޗެލްސީ ގަދަ ހަތަރަކަށްކުޅިވަރު | ގަޑިއިރެއް ކުރިންޗެލްސީގެ ކޯލް ޕާމާ ޔުނައިޓެޑަށް ބަދަލުވަނީކުޅިވަރު | 4 ދުވަސް ކުރިންޗެލްސީ ބަލިކޮށް އާސެނަލް އިނގިރޭސި ލީގުކަޕްގެ ފައިނަލުގެ ޖާގައެއް ހޯދުމާއި ގާތަށްކުޅިވަރު | 17 ދުވަސް ކުރިންއެފްއޭ ކަޕުން ޔުނައިޓެޑް ކަޓައި ސީޒަން ހުސްއަތާ ނިންމާލަނީ، ޗެލްސީ އާއި އާސެނަލް ކުރިއަށްކުޅިވަރު | 20 ދުވަސް ކުރިން