logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔަމާލްގެ ގޯލާއެކު ބާސާއިން ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފި

އަބްދުﷲ ޣާނިމް
1 ފެބްރުއަރީ 2026 - 04:16
ޔަމާލްގެ ގޯލާއެކު ބާސާއިން ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފި

ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހު އެލްޗޭއާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބުކޮށް، ތާވަލުގެ އެއްވަނައިގައި ބާސެލޯނާއިން ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. މި މެޗުގައި ބާސާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ލަމީން ޔަމާލް، ފެރަން ޓޮރޭޒް އަދި މާކަސް ރަޝްފޯޑެވެ.

މެޗުގެ ވަރަށް ކުރީކޮޅު، ހަވަނަ މިނެޓުގައި ލަމީން ޔަމާލް ވަނީ ބާސާއަށް ލީޑު ނަގައިދީފައެވެ. ޑެނީ އޮލްމޯ ދިން ބޯޅައަކުން އޭނާ ވަނީ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ހުސް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. ނަމަވެސް މެޗުގެ 29 ވަނަ މިނެޓުގައި އަލްވާރޯ ރޮޑްރިގޭޒް ވަނީ ލަނޑެއް ޖަހައި އެލްޗޭއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުރަތަމަ ހާފު ނިމުމުގެ ފަސް މިނެޓު ކުރިން ބާސާއަށް އަލުން ލީޑު ހޯދައިދިނީ ފެރަން ޓޮރޭޒްއެވެ. ފްރެންކީ ޑި ޔޮންގް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލާފައެވެ. އޭގެ ކުރިން ޓޮރޭޒް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށްވެސް ވަނީ އަރާފައެވެ.

ބާސާގެ ތިންވަނަ ލަނޑު 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މާކަސް ރަޝްފޯޑެވެ. މިއީ ޔަމާލް ހުރަސްކޮށްދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާއާއެކު އެލްޗޭއިން ބާސާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު ފަހު 11 މެޗުންވެސް މޮޅެއް ހޯދިފައެއް ނުވެއެވެ. އޭގެ ތެރެއިން ފަހު ފަސް މެޗުންވެސް އެޓީމު ވަނީ ބަލިވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެސީ ބޭރުކުރި ލަޕޯޓާއަށް އަނެއްކާވެސް ބާސެލޯނާގެ ރައީސްކަންދީފިކުޅިވަރު | 2 ދުވަސް ކުރިންޕެނަލްޓީ އެފްސީކަމަށް ބާސެލޯނާއިން ރެއާލް މެޑްރިޑްއާއި ވާދަކުރަނީކުޅިވަރު | 2 ދުވަސް ކުރިންރެއާލްގެ ނުފޫޒުން ލިގު ހިންގާކަމަށް ތުހުމަތުކުރާ ޓެބާސް އެންމެފަހުން ބާސެލޯނާގެ ރައީސްގެ ދިފާއުގައި ނިކުމެއްޖެކުޅިވަރު | 7 ދުވަސް ކުރިންފަހުވަގުތު ރެފްރީ ދިން ހަދިޔާއަކުން ބާސެލޯނާ ބޮޑު ލަދުވެތިކަމަކުން ސަލާމަތްވެއްޖެކުޅިވަރު | 7 ދުވަސް ކުރިން