logo
Bank of Maldives

Bank of Maldives

ޚަބަރު

ހާއްސަ ޕޯޓަލްއެއް ތައާރަފްކޮށް ޒަކާތް ދައްކަން ބޮޑުތަނުން ފަސޭހަކޮށްދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ފެބްރުއަރީ 2026 - 10:19
ހާއްސަ ޕޯޓަލްއެއް ތައާރަފްކޮށް ޒަކާތް ދައްކަން ފަސޭހަކޮށްދީފި

ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ފައިސާއިން ޒަކާތް ދެއްކުމުގެ އިންތިޒާމު ފަހިކޮށްދިނުމަށްޓަކައި "ފިޠުރު ޕޯޓަލް" ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ތަޢާރުފުކޮށްފިއެވެ.

މި ޕޯޓަލް ތަޢާރުފުކުރުމުގެ މައިގަނޑު މަޤްޞަދަކީ، ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މުޅި ރާއްޖޭގައި އެއް އުޞޫލަކުން އެ މަސައްކަތް ކުރިއަށް ގެންދިއުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕޯޓަލް މެދުވެރިކޮށް، ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ މުޢާމަލާތްތައް ވަގުތުން ބެލުމުގެ ފުރުޞަތު ޒަކާތު ހައުސްއަށް ލިބިގެންދާނެއެވެ. މީގެ ސަބަބުން އޮންލައިން ޕްލެޓްފޯމްތަކާއި ނަގުދު ފައިސާ މެދުވެރިކޮށް ލިބޭ ފިޠުރު ޒަކާތުގެ ޞައްޙަ ޖުމްލަ ޢަދަދުތައް ކޮންމެ ދުވަހަކު ވެސް ކަށަވަރުކުރެވޭނެ ކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.

ހުރިހާ މަޢުލޫމާތެއް އެއް ނިޒާމަކުން ވަގުތުން ބަލައިލެވުމުގެ ސަބަބުން، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ ގޮތަށް ރަމަޟާން މަސް ނިމޭ ތަނުން ލަސްނުކޮށް ޒަކާތް ބެހުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. މީގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ފިޠުރު ޒަކާތް ލިބުން ޙައްޤުވާ ފަރާތްތަކަށް އަވަސްކަމާއި ހަމަހަމަކަމާ އެކު ޒަކާތް ފޯރުކޮށްދިނުމަށް މަގުފަހިވާނެއެވެ.

މި ފިޠުރު ޕޯޓަލްއަކީ މުޅި ރާއްޖޭގައި ޒަކާތުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ލުއިފަސޭހަކަމާއި، ދެފުށް ފެންނަ ގޮތްތަކާއި، ހަރުދަނާކަން އިތުރުކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހާއްސަ ޕޯޓަލްއެއް ތައާރަފްކޮށް ޒަކާތް ދައްކަން ފަސޭހަކޮށްދީފިޚަބަރު | ގަޑިއިރެއް ކުރިންދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރަމަޟާންމަހު ގިނަ ހަރަކާތްތަކެއްޚަބަރު | 8 ދުވަސް ކުރިންނައިފަރު ޝައިޚުގެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެހެން ސަރުކާރުގެ ދީލަތި 'ހަދިޔާ' އެއްޚަބަރު | މަހެއް ކުރިންސަރުކާރު ޚަރަދުގައި މަރަދޫގައި ބިނާކުރި މަސްޖިދުއްރައްޔާން ހުޅުވައިފިޚަބަރު | މަހެއް ކުރިން